މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ  ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން ނެގުނު ސާމްޕަލް ތަކުން ޕޮޒިޓިވްވި 5 މީހަކާއި   ސަވައިލެންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ޕޮޒިޓިވްވި 6 މީހުންގެ ތެރެއިން 5 މީހުން ޕޮޒިޓިވްވެފައިވަނީ މީދުންނެވެ. އަދި ސަވައިލެންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ހުޅުދޫގައި ދިރިއުޅެމުން އަންނަ އަތޮޅުމަދަރުސާގެ ޓީޗަރެކެވެ.

އިއްޔެ 6 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެފައިރު މިމަހުގެ 9 ވަނަ ދުވަހު 8 މީހުން 10 ވަނަ ދުވަހު ދެމީހުން އަދި  11 ވަނަ ދުވަހު 3 މީހުން މީދުން ކޮވިޑަށް ޕޮޒިވްވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީދޫއާއި ހުޅުދޫގައި މިވަގުތު ތިބި ކޮވިޑް 19 ގެ އެކްޓިވް ކޭސްގެ ތަކަށް ބަލާއިރު  މީދޫގައި 31 މީހަކު ތިބިއިރު ހުޅުދޫގައި ތިބީ 5 މީހެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން -އަދީބު

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެވެ. ...

ގަން އެއަރޕޯޓް ތަރައްޤީކުރަން ރެނާޓަސްއަށް، މިމަހު އަމަލީ މަސައްކަތް ފަށާނެ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމަށް ނިންމައިފިއެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ...

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އީސީއިން ނިންމައިފި

ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަނުވާކަމަށްބުނެ މިދިޔަ ހުކުރުދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސް،  ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން ...