ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް: އައްޑޫސިޓީން ބައިވެރިކުރާ ދަރިވަރުންގެތެރެއިން އަތޮޅުމަދަރުސާގެ 7 ދަރިވަރަކު ހިމެނިއްޖެ

ރާއްޖޭގެ ގައުމީ ގުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތުގައި އައްޑު އަތޮޅުން ބައިވެރިކުރާ ދަރިވަރުންގެ ތެރެއިން އަތޮޅު މަދަރުސާގެ 7 ދަރިވަރަކު ހިމެނިއްޖެވެ.

މިމުބާރާތުގައި އައްޑޫސިޓީން ބައިވެރިކުރާނެ ދަރިވަރުން ހޮވުމަށް އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އައްޑޫސިޓީގެ ސްކޫލް ތަކުގެ މެދުގައި ބޭއްވުނު ގުރުއާން މުބާރާތުން 34 ވަނަ ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމަށް އަތޮޅުމަދަރުސާއިން ހޮވިފައިވަނީ 7 ދަރިވަރެކެވެ.

އެއީ 15 އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ގޮފިން މަރިޔަމް ރަސާ ތައުފީގު ، 12 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އައިޝަތު ނާސީ ނަސީރު ، 15 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އާއިޝަތު މަންހާ ޖަލީލު ، 12 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އާއިޝަތު މަލްކާ ޝިޔާމް ، 12 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މަރިޔަމް މަލީހާ ހަލީމް ، 15 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މުހައްމަދު ރާއިޝް މޫސާ އަދި 12 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އައިޝަތު ޒައިނީ ވަހީދެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: މާލެ ހިމެނޭ ސަރަހައްދުގައި ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ ...

ތޮއްޔިބު ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމް ދެއްވައިފިއެވެ. ތޮއްޔިބަކީ ކުރީގެ ...

ރައީސް ޔާމީން ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފި

ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ...