ކެނެރީފް ރިސޯޓު: ޑިސެމްބަރު މަހު އަލުން ހުޅުވަނީ

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ކެނެރީފް ރިސޯޓު އަލުން އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވާން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެކައުންސިލުގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލް މެމްބަރުން އެ ރިސޯޓަށް ވަޑައިގެން، ރިސޯޓު ހުޅުވަން ކުރެވެމުން ގެންދާ މަސައްކަތް ބައްލަވާލެއްވި ކަމަށެވެ. އަދި ރިސޯޓް މެނޭޖްމަންޓް އާއި ބައްދަލު ކުރައްވައި މިވަގުތު ކުރެވެމުންދާ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

“މިބައްދަލުވުމުގައި ހެރެތެރޭގެ މެނޭޖްމަންޓުން ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަގީންކަން ކައުންސިލަށް އަރުވާފައި،” އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ

އެ ބައްދަލުވުމުގައި މޭޔަރު ނިޒާރު ވަނީ މިވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި ރިސޯޓް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ރިސޯޓަށް ބޭނުންވާ އެހީތެެރިކަން ކައުންސިލުން ފޯރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފައެވެ.

ކެނެރީފް ރިސޯޓު ބަންދު ކުރުމަށް ނިންމީ ދެ އަހަރު ދުވަހަށެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ރިސޯޓު ބަންދު ކުރަން ނިންމީ ސަރުކާރުން ލިބެންޖެހޭ އެހީތައް ރިސޯޓަށް ނުލިބޭތީ އާއި ރިސޯޓު އެވަގުތު ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށް ވާތީ ކަމަށް އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އޭރު ޑިޕާޓުމަންޓުތަކަށް ވަނީ އަންގައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފި

އާއްމު ތަންތަނަށް ނުކުމެއުޅޭއިރު މާސްކް އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފިއެވެ. ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ ...

ކޮވިޑް-19: އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް 19 ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫން ދެވަނަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...