މަހުމޫދު މަރާލި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަހުމޫދު މަރުގެ މައްސަލާގައި ދަނގެތީގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެނާގެ ނަމެއް ވަނަވަރެއް އަދި ނިސްބަތްވާ ޤައުމެއްވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. ފުލުހުން ވަނީ މިމަރާއި ގުޅޭ މައުލޫލާތުތައް ތަހުގީގް ކުރިއަށް ދާވަރަކުން ހިއްސާ ކުރާނެކަމަށް ބުނެފައެވެެ.

އެނގިފައިވާ ގޮތުގައި މަހުމޫދު ގެއްލުނު ރޭ ގާތްގަނޑަކަށް 9:00 ގެ ފަހުން، ބިދޭސީމީހާ އުޅޭ ގެ ކައިރިން ލާފައި ދިޔަ އެ ރަށުގެ މީހަކަށް ޝައްކު ކުރެވޭ އަޑެއް އިވިގެން ފާރުމަތިން ބޯ ހިއްލާލައި އެ ގޯތި ތެރެ ބެލި އެވެ. އޭނާ އަށް އޭރު އިވުނީ، އެ ގޭގައި މީހަކު ހަޅޭއްލެވި އަޑާއި އެއްޗެއް އެއްލައިލި ކަހަލަ އަޑެކެވެ. އެ މަންޒަރު ދުށް މީހާ ފާރުމަތިން ބޯ ދިއްކޮށް ގޯތިތެރެ ބަލައިލި އިރު ފެނުނީ ބިދޭސީމީހާ އެއްޗެއް ހިފައިގެން ބިންމަތީގައި ދަމަމުން ދިޔަ ތަން ކަަމަށް ވެއެވެ.

އެ މަންޒަރު ސިފަވެފައި ވަނީ ބިންމައްޗަށް ވެއްޓިފައި އޮތް މީހެއްގެ ދެ ފައިގައި ހިފައިގެން ދަމާފައި ދާ ކަހަލަ ގޮތަކަށެވެ. އަދި ދެ އަތް ވެސް ވެއްޓިފައި އޮތްހެން ވެސް މަންޒަރު ފެނުނު މީހާ އަށް ހީވިއެވެ. ނަމަވެސް، އެތަން އަނދިރިކަމުން އެއީ އިންސާނެއް ކަމެއް ނުވަތަ ނޫންކަން ޔަގީނެއް ނުވިއެވެ.

މި އަޑާއި މަންޒަރު ފެނުމުން، އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ އަށް ކަމެއް ވީތޯ ބަލަން އެ މަންޒަރު ދުށް މީހާ މުސްކުޅި މީހާގެ ތިމާގެ މީހަކާ ބައްދަލުކޮށް އެ މައުލޫމާތު ދިނެވެ. ތިމާގެ މީހާ ގޮސް އެހުމުން އެ ބިދޭސީ މީހާ ބުނެފައި ވަނީ އެ ގަޑީގައި ބުޅަލެއް މެރީ ކަމަށެވެ. އެ ތިމާގެ މީހާ އެ ވަގުތު ގޭގެ ތެރެއަކަށް ނުވަދެއެވެ.

މަހުމޫދުގެ އާއިލާގެ ފަރާތްތަކުން ކުރިން ބުނެފައިވާ ގޮތުގައި، އޭނާ ގެއިން ނުކުތީ ސާފް ޗެމްޕިއަން ޝިޕްގައި މިދިޔަ ބުދަ ދުވަހުގެ ރޭ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗަށް ފަހު 11:00 ގެ ފަހުންނެވެ. މިއީ، މިހާރު މަހުމޫދުބެ އެންމެ ފަހުން ފެނުނު ކަމަށް ޔަގީން ކުރަން އެނގޭ ގަޑިއެއް ނޫނެވެ. މި ގަޑިއާ މެދު ޝައްކު އުފެދޭ ސަބަބުތައް ހުރި ކަމަށް ވަނީ އެނގިފަ އެވެ.

ބިދޭސީ މީހާ އުޅޭ ގެއަށް ފޮރެންސިކް ފުލުހުން ވެސް ވަދެގެން ބަލައި ފާސްކުރާއިރު، އެ ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހާ ވަނީ މިހާރު އެހެން ގެއަކަށް ގެންގޮސްފައެވެ.

މަސްދަރު: ޚަބަރު އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިމަމް ވޭޖަށް އަމަލުކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް އެސްޓީއޯ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ ...

“ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ”ގެ އެއްވަނަ އަލްޙާފިޡް ނާދިހް ޢަބްދުލްޙަމީދު ހޯދައިފި

ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ މަޝްހޫރު ޤުރްއާން މުބާރާތް ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރގެ ފަޙްރުވެރި އެއްވަނަ ...

ސިޓީގެ ސްޓާލިންގ ލިވަޕޫލްއަށް ބަދަލުވުމަށް ބޭނުންވާކަން ހާމަކޮށްފި

އަލުން ލިވާޕޫލްއަށް ބަދަލުވުމާއިމެދު މެންޗެސްޓަރ ސިޓީގެ ސްޓާލިންގ ވާހަކަ ދައްކައިފިއެވެ. އުމުރުން 25 އަހަރގެ ފޯވާޑް ލިވަޕޫލް ދޫކޮށް ...