ދަނގެތީގައި މީހަކު މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެ

އދ.ދަނގެތީގައި މީހަކު މަރާލުމަށް ފަހު ގޯންޏަކަށްލައި ވަޅަކަށް އެއްލާލާފައި އޮއްވައި ފެނިއްޖެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ މީހާ ގެއިން ބޭރަށް ނުކުތީ ރޭ ކުޅުނު ދިވެހިރާއްޖެ/ އިންޑިއާ މެޗް ބެލުމަށް ފަހުގައި ކަމަށެވެ. އެ މީހާ އޭގެފަހުން ގެއަށް ނައިސްގެން ކައުންސިލަށް އަންގާފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ.

އެރަށުގައި ވިޔަފާރިވެސް ކުރާ 55 އަހަރުގެ އެ ފިރިހެން މީހާ ފެނިފައިވަނީ ކައުންސިލާއި، ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މެންދުރުފަހު 3:15 ހާއިރުކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަހްމޫދު އަބޫބަކުރު ނަމަކަށް ކިޔާ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ގޯންޏަކަށް ލައި، ތުން ބަނދެފައި ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައެވެ.

އެ ސަރަހައްދުގައި ޓޭޕްދަމައި، އެރަށުގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އެ އަތޮޅު މަހިބަދޫ އިން ފުލުހުންގެ ޓީމެއް މިހާރުދަނީ ދަނގެއްޗަށް ދަތުރުކުރަމުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” ޝިއާރުގެ ދަށުން އައްޑޫސިޓީގައި ބޮޑު ހަރަކާތެއް ބާއްވަނީ

01 ފެބްރުއަރީ 2018ގައި ޤައުމަށް ދިމާވި ކަންކަން ހަމަޔަކަށް އެޅުމަށްފަހު އެކަން ކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދިވެހިންގެ ...

ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 30 އަށް އިތުރުކޮށްފި

މާރޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާންކޮށްފައި އޮތް އާއްނު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ ނިޔަލަށް ...

އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު ...