އައްޑޫ ސިޓީން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ހޯމަދުވަހުގެ އިރުއޮއްސި ހަޔަކުން  އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު 299 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހީންނާއި 1 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވް ވެފައިވާ 16 މީހަކާއި   ފޭދޫ އިން ޕޮޒިޓިވްވި 4 މީހެކެވެ. މީގެ ތެރެއިން 12 މީހުންނަކީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވާއިރު ފްލޫ ކުލިނަކަށް ދެއްކި މީހުންގެ ތެރެއިން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވެސް ޕޮޒިޓިވްވެފައިވާކަމަށް  އައްޑޫ ހޮސްޕިޓަލުން (އޭއީއެޗު) އިން ހާމަކޮށްފައިވެއެވެ.

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން ހޯމަދުވަހުގެ އިރުއޮއްސި ހަޔަކުން  އަންގާރަ ދުވަހުގެ އިރުއޮއްސި ހަޔަކަށް  26 މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 26 މީހުން ބަލިން ފަސޭހަވަގެން  ދޫކޮށްލުމުން އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 216 އެވެ. އެއީ ހިތަދޫގައި ތިބި 112 މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 26 މީހަކާއި ފޭދޫގައި ތިބި 60 މީހަކާއި މީދޫގައި ތިބި 2 މީހެކެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުތުމަށް 25486 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 1680 މީކެވެ. އަދި އޭގެތެރެއިން ބަލިން ފަސޭހަވެގެން  1461 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އީޔޫގެ ލަފަޔާ ދެކޮޅަށް ދިވެހިން އަޑު އުފުލަން ޖެހޭ -ޝެއިޚް އިލްޔާސް

ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލުކޮށް،ސުންނީ މުސްލިން ނޫން މީހުނަށް ...

ކޮވިޑް-19 : 112 ދިވެހީންނާއެކު އިއްޔެ ބަލި ޖެހުން މީހުންގެ ޢަދަދަކީ 125

ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް 19 އަށް  ޕޮޒިޓިވްވި މީހުންގެ ...

ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވުމުން ސިފައިން އެހީތެރިވެއްޖެ

ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އައްޑޫ އަތޮޅާ ...