މަހުލޫފުގެ ސަސްޕެންޝަން އުވާލަައިފި

ހަތަރުމަސް ވީއިރުވެސް މަހުލޫފުގެ ދައުވާއާމެދު ގޮތެއް ނުނިންމުމުން މަހުލޫފުގެ ސަސްޕެންޝަން އުވާލައިފިއެވެ. އެހެންނަމަވެސް، މަހުލުފުގެ ސަސްޕެންޝަން އުވާލުމާ ގުޅޭގޮތުން އިތުރު މައުލުމާތެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މަހުލޫފުގެ ސަސްޕެންޝަން އުވާލާފައި މިވަނީ، އެމްއެއްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކުރަން އޭސީސީން އޭނާގެ މައްސަލަ ފާއިތުވި ޖޫން މަހުގެ 9 ވަނަ ޕީޖީއަށް ފޮނުވިނަމަވެސް، އޭނާގެ މައްޗަށް ދައުވާކުރުމާމެދު ޕީޖީއިން ވަކި ގޮތެއް ނުނިންމާ މައްސަލަ ދިގުލައިގެން ގޮސްފައި ވަނިކޮށެވެ.

މަހުލޫފުގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތަކާ ގުޅޭގޮތުން މީގެ ކުރިން އޭސީސީން ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ ގ.ހާފްސީ/ މާލެ، އަޙްމަދު މަޚްލޫފް އަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އޭނާގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެކި ހުރިކަމަށް އޭސީސީއަށް ފެންނަ ކަމަށެވެ.

އެހެންނަމަވެސް، މައްސަލަ މަހުލޫފު ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކޮށް، މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ، އޭނާ ވަޒީރުކަމުން ވަކި ކުރުމަށް ބަޔަކު އަޑީގައި ތިބެގެން ރޭވި ރޭވުމެއްގެ މަތިން ކަމުގައެވެ. އަދި އޭނާވަނީ އޭނާގެ މައްޗަށް ކުރެވޭ ތަހުމަތުތަކާ ގުޅޭ ތަހުގީގު ކުރިޔަށް ގެންގިސްފައިވަނީ އުސޫލުން ބޭރުންކަމަށް ވިދާލޅުވެ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއްވެސް ފޮނުވާފައެވެ. އަދި އޭނާވަނީ އޭނާއާއި މެދު ތަފާތު ގޮތަކަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތުވެސް ކުރައްވާފައެވެ.

މަހުލޫފްގެ މައްސަލާގއި ޕީޖީ އޮފީހުން ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ޕީޖީ ޝަމީމް އާއި ހަވާލާދީ އެއޮފީހުން ވިދާޅުވީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކާއި، ޤަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއްކަމަށެވެ. މައްސަލަތަކުގައި ތަޙުޤީޤީ އިދާރާތަކުން ހޯދާ ހެކި ޤަރީނާއަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކި ޤަރީނާކަމަށް ކަށަވަރު ކުރާނެކަމަށެވެ. މިމައްސަލައިގައިވެސް އެކަން ކަށަވަރު ކުރާނެކަމަށާއި، ޕީޖީ އޮފީހުން ވަކި މީހަކާމެދު ނުޙައްޤުން ޢަމަލުކޮށް ވަކި ގޮތަކަށް އަމަލުކޮށްފައި ނުވާނެކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުޙަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަޙުޤީޤީ އިދާރާތަކާއެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ އިތުރު މުއްދަތުތަކެއް ހޭދަވާކަމަށެވެ. މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެންކަމަށާއި، މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް ޢަމަލުކުރަނީ ކަމަށް ނޫންކަމުގައިވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އަދި މަހުލޫފުގެ މައްޗައް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލައިދޭން، ޕީޖީ އޮފީހުން ބޭނުންވާ އިދާރީ ކަންކަން ފުރިހަމަވުމުން އެކަމުގައި ގޮތެއް ނިންމަވާނެކަމަށް ޕޮރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިިނިސްޓަރ މަހްލޫފްގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.

އެހެންނަމަވެސް ފަހުން ރައީސް އޮފީހުންވެސް އެސެޓް ރިކަވަރީ ކޮމިޝަނަށް އަންގާފައިވަނީ މަހުލޫފުގެ މައްސަލަ ތަހުގީގު ކޮށްފައިވަނި އުސޫލުތަކާ ޚިލާފަށްކަމަށް ރައީސް އޮފީހަށްވެސް ފެންނަކަމަށް ވިދާޅުވެފައެވެ.

ސަސްޕެންޝަންގައި ހުންނެވިއިރުވެސް މަހުލޫފު ގެންދެވީ، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގެ މެޗްތައްް ބެއްލެވުމަށްވެސް އެހެން ވަޒީރުންނާ އަދި ރައީސުލްޖުމްހޫރިއްޔާއާ އެކީ ދަނޑަށްހާޒިރު ވަމުން ކަމުގައި ފާހަގަ ކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާ ސީޕްލޭން ޓާމިނަލްއިން ބައެއް ޓީއެމްއަށް ދޭން ރައީސް ނަޝީދު ވެސް ތާއިދު ކުރައްވައިފި

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ...

މެމްބަރު ވަހީދަށް މަރުގެ އިންޒާރުދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަރާލަންޖެހޭކަމަށް ބުނެ ފޭސްބުކްގައި ލިޔުނު ނ. ކުޑަފަރީ ...

ދިވެހި ރައްޔިތުންނަށް ވާނުވާ ވަރަށް ސާފް – ނިހާދު

ސިވިލްސާވިސްގެ ގާނޫނަށް އިސްލާހުގެނެސް ފާސްކުރީ 2015 ވަނައަހަރުކަމަށާ އަދި އޭރު އެކަންކުރީ ކުއްލިއަކަށް އަވަސް އަރުވާލައިގެން ކަމަށް ފޭދޫދާއިރާގެ ...