ނޮވެމްބަރުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށަނީ

ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ދޭން ކުރިން ވެސް ނިންމައިފައިވާނެ ކަމަށާއި އެގޮތުން ނޮވެމްބަރު މަހުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަން” އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ހެލްތު މިނިސްޓްރީއާ ކުރެވެމުން އަންނަ ކަމަށެވެ. އަދި ކުރިންވެސް ލަފާކޮށްގެން ތިބީ އަހަރުގެ ފަހު ކުއާޓާގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފެށޭނެކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް އިތުރަށް ވިދާޅުވީ ފަތުރުވެރިންނަށް ދޭ ވެކްސިން އަކީ އެ ފަތުރުވެރިންނަށް “ތެންކިއު” އޭ ބުނަން ވެގެން ދޭ ވެކްސިނެއް ކަމަށެވެ. ސަބަބަކީ ވެކްސިން ނެތި ވެސް އެ ފަތުރުވެރިން ރާއްޖެއަށް އައުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ވެކްސިން ޓޫރިޒަމަކީ އެއްވެސް ގޮތަކަށް ޓޫރިޒަމް ޕްރޮމޯޓް ކުރަން ބޭނުންކުރާ ޓޫލެއް ނޫންކަމަށާއި މި ކަމަކީ ފަތުރުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލިފާނުގެ ހާދިސާ އަކީ ޓެރެރިޒަމްގެ އަމަލަކަށް ވުން ގާތް: އަނދުން ހުސައިން

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އިންޑިއާ މެދު ނަފްރަތު އުފައްދަން ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް ...

މަޝްހޫރު ވިޔަފާރިވެރި އެމް.އެޗް.އޭ.ގެ ބާނީ ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެ

މަޝްހޫރު ވިޔަފާރިވެރި  އެމް.އެޗް.އޭ.ގެ ބާނީ   ޙުސައިން ޢަބްދުﷲ ކޯވިޑް-19 ބަލީގައި އަވަހާރަވެއްޖެއެވެ. ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ...

އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް ...