އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ހާމަކޮށްފައިވާގޮތުން ހޮނިހިރު  ދުވަހުގެ އިރުއޮއްސި ހަޔަކުން އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑް ޓެސްޓް ހެދުމަށް އައްޑޫސިޓީން ނެގުނު 222 ސާމްޕަލްގެ ތެރެއިން  17 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ  ހިތަދުން ޕޮޒިޓިވްވި 8 މީހަކާއި މަރަދުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރަށް ފޭދުން ޕޮޒިޓިވްވި 3 މީހުންނާއި މަރަދޫފޭދުން ޕޮޒިޓިވްވި 4 މީހެކެވެ.

އިއްޔެ ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި  11 މީހަކާއި ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 4 މީހެއްގެ އިތުރަށް ސަވައިލަންސް ސާމްޕަލްތަކުގެތެރެއިން ޕޮޒިޓިވްވި 2 މީހެކެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި 1521 މީހުންގެ ތެރެއިން  1274 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އަދި އައްޑޫސިޓީން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިއްޔެއާއި ހަމައަށް ބަލިން ފަސޭހަނުވާ 244 މީހަކު ހިމެނޭކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް މިހާރު  އުޅެނީ ފޭދޫގައެވެ . އެގޮތުން ފޭދޫގައި  ކޮވިޑްގެ 123 ކޭސް އުޅޭއިރު، ހިތަދޫގައި 77 ކޭސް، މަރަދޫގައި 23 ކޭސް، މަރަދޫފޭދޫގައި 19 ކޭސް އަދި މީދޫގައި 2 ކޭސް އުޅޭކަމަށް   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ. އައްޑޫސިޓީން އިއްޔެ ( އާދިއްތަ ދުވަހު )  17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ހޮނިހިރު ދުވަހުވެސް  20 މީހަކު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ...

ޖާބިރު ހައްޔަރުކޮށް، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ކާށިދޫ ކައުންސިލުން ގޮވައިލައިފި

ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ މިނިވަންކަން ދިނުމަށް ގޮވައިލެއްވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރުކޮށް، ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 21  އޯގަސްޓް 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...