ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ސައިކަލެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓަށް ދަރިފުޅު ކޮނޑަށް ލައިގެން ދިޔަ މަންމައަށް ލިޓަސް އިން ސައިކަލެއް ހަދިޔާކޮށްފި އެވެ.

ސައިކަލްގެ ވިޔަފާރި ފުޅާކޮށްކުރަމުން އަންނަ ލިޓަސް އޮޓޯމޯބައިލް އިން ވަނީ ދަރިފުޅު ކޮނޑުމަތީ އުފުލާ ވީޑިއޯގައި ފެންނަ އަަންހެން މީހާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށްވެސް މީގެ ކުރިން އެދެފަ އެވެ. އަދި އެމީހާ ބައްދަލުކުރުމަށްފަހު ސައިކަލެއް ހަދިޔާ ކޮށްފައިވާކަން ހާމަކޮށްފަ އެވެ.

ލިޓަސް އިން ބުނެފައި ވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކީ މި ފަހުން ދައުރުވި ވީޑިއޯއިން ކޮނޑުމަތީ ދަރިފުޅު އުފުލި މަންމަ، ވަސީމާ މޫސާ އަށް ލިޓައިސް އިން ހަދިޔާއެއް ދީފައިވާ ކަމަށެވެ.

ވަސީމާ އަށް ސައިކަލް ހަވާލުކުރާ ފޮޓޯއާއެކު ލިޓަސްއިން ބުނީ ހަދިޔާކުރެވުނު ސައިކަލް ދެ އަހަރުދުވަހު ހިލޭ ސާވިސްކޮށްދިނުމުގެ އިތުރުން ދެ އަހަރު ދުވަހު ދުއްވުމަށް ބޭނުންވާނެ ޕެޓްރޯލް ޚަރަދުވެސް ދޭނެ ކަމަށެވެ.

“އަދިވެސް އެއްފަހަރު މިކަމުގައި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރަން. ދުޢާއަކީ މި މުޖުތަމަޢުއަކީ ހެޔޮކަންކަން ކުރުމާއި ކުރުވުމަށް ބާރުއަޅާނެ މުޖުތަމަޢުއެއްކަމުގައި އަބަދުމެ ލެހެއްޓެވުން!”

ލިޓަސްއިން ކުރި ޕޯސްޓްގައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ...

ފޮޓޯއިން ޚަބަރު: އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިގެން ހަދާ ރެމްޕް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އިސްރަށްވެހީންނަށާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން މޫދަށްއެރި ލެވޭގޮތައް މީދޫ ...

ހިންދޫ ދީން ފަތުރަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި

ހިންދޫ ދީން ފެތުރުމަށް ރާއްޖޭގައި ކުލާސްތަކެއް ނަގަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި އެވެ މާލޭގެ ހޮޓަލެއްގައި “ސްޕިރިޗުއަލް ހީލާ”އެއްގެ ...