ސާފްޗެމްޕިއަންޝިފް: ފުރަތަމަމެޗް ބަގްލާދޭޝް ކާމިޔާބު ކޮށްފި

މިއަދު ހަވީރު މާލޭގައި ފެށި އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ  ފުރަތަމަ މެޗު ބަގްލާދޭޝް ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި، ކުޅެވުނު މިމެޗް ބަގްލާދޭޝް ކާމިޔާބުކޮށްފައިވަނީ  ސްރީލަންކާއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު ބަންގްލަދޭޝް އިން ކާމިޔާބް ކުރީ 54 ވަނަ މިނިޓްގައެވެ.

މިލަނޑަކީ ލަންކާ ޓީމުގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ބަގްލާދޭޝްޓީމު ކާމިޔާބު ކުރި ގޯލެކެވެ.

 އެޓީމަށް ލިބުނު މިޕެނެލްޓީމް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ   ޑިފެންޑަރު ޓޯޕޫ އެވެ.   

އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތާއި  ދިވެހި ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެވެ.

 މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ރާއްޖެ ވާދަކުރަންޖެހެނީ ނޭޕާލްއާއިއެވެ.

ނޯޓް: ޚަބަރުގައި ހިމެނޭ ފޮޓޯ އެފްއޭއެމް

Next: ހުޅުދޫއާއި މީދުން ކޮވިޑްގެ ކޭސްއެއް ނުފެންނަތާ 20 ދުވަސް- އެކަމަކު މޮނިޓަރިންގ ގައި – މީކަންބޮޑުވާންޖެހޭކަމެއް- ސާލިހާ