ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް މި މަހު ހުޅުވަނީ

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރަމުންދާ ސެޓެލައިޓް ސްކޫލުތައް މި މަހު ހުޅުވައި، ކިޔަވައިދޭން ނިންމައިފިއެވެ.

މި މަހުގެ 24 ގައި ހުޅުވުމަށް ހަމަޖެހިފައިވާ، މި ތިން ސުކޫލު ގާއިމުކުރަމުންދަނީ ބ.ފެހެންދުއާއި، ވ.ރަކީދުއާއި، ވ.ތިނަދޫގައެވެ. މި ސްކޫލުތަކުން ޖާގަ ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެޑިއުކޭޝަނުން ބުނީ، މި ސުކޫލުތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުން ބޭނުންކުރަމުން ގެންދާނީ އެ ދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ޔުނިފޯމު ކަމަށެވެ. އެޑިއުކޭޝަނުން ވަނީ ކޮންމެ ދަރިވަރަކަށް ބޭނުންވާނެ އިންޓަނެޓާއި، ކޮމްޕިއުޓަރުގެ ވަސީލަތްތައް ހަމަޖެހިގެންދާނެކަމަށް ވެސް ބުނެފައެވެ.

ސެޓެލައިޓު ސުކޫލު ގާއިމުކުރަނީ ސުކޫލު ނެތް ރަށްރަށާއި، ދަރިވަރުން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ނޫރައްދީން އިންވެސްޓްމަންޓާ ހަވާލްކޮށްފި

އައްޑޫ ސިޓީ މީދޫގައި އައު މިސްކިތެއް ޢިމާރާތްކުރުމަށް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ. އެއްފަހަރާ 700 މީހުނަށް ނަމާދު ކުރެވޭނެ ...

ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި ...

އައްޑޫސިޓީގެ އަވަށްތައް ހިމެނޭގޮތައް އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ގާއިމް ކުރުމަށް ހިޔާލު ހޯދަނީ

އައްޑޫސިޓީ ގެ އަވަށްތައް ( ރަށްތައް ) ހިމެނޭހެން އިތުރު ފަސް ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ...