ދިރާގު މޯބައިލް އިންޓަނެޓް ޕެކޭޖް ތަކުގެ އަގު ބޮޑުތަނުން ކުޑަކޮށްފި

ރާއްޖޭގެ އެންމެ ޒަމާންވީ މުވާސަލާތީ ކުންފުނި ދިރާގުން އެކުންފުނީގެ މޯބައިލް އިންޓަނެޓް ޕެކޭޖް ތަކުގެ އަގު ހެޔޮކޮށްފި އެވެ.

މިކަމާއި ގުޅިގެން ދިރާގުން ހާމަކޮށްފައިވާ ގޮތުން މިއަދުން ފެށިގެން ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކުން 29 އިންސައްތަ އާއި ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށާއި، މިއީ ޑޭޓާގެ އަގު 22 އިންސައްތަ އާއި ހަމައަށް ހެޔޮ ވެގެން ދިޔުން ކަމަށެވެ. އަދި ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެެވެ.

އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 އިންސައްތައާ އާ ހަމައަށް ހެޔޮވެގެންދާނެއެވެ. މީގެ އިތުރުން، އެލްޓީއީ ބްރޯޑްބޭންޑް ”ވަގުތުން ގެއަށް އިންޓަނެޓް“ ޕެކޭޖްތަކަށް 30 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސް އާ ހަމައަށް އިތުރު ވެގެންދާނެއެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތައް ފަރުމާކޮށްފައިވައި ޕްލޭންއެކެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޮބައިލް އިންޓަނެޓް ޕެކޭޖްތަކުގެ އަގުތައް ހެޔޮވެގެންދާއިރު، މިދިޔަ ޖުލައިމަހު ވަނީ ގޭގެއަށް ފޯރުކޮށްދޭ އިންޓަނެޓްގެ ޕެކޭޖްތަކުގެ އަގުތައްވެސް ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކާޑެއްދޫ އެއަރޕޯޓު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާނަން- ރައީސް

ގދ.ކާޑެއްދޫ އެއަރޕޯޓު ބައިނަލް އަޤްވާމީ ފެންވަރަކަށް ތަރައްޤީކުރައްވާ ގއ އަދި ގދ އަތޮޅުގައި ފަތުރުވެރިކަމުގެ 10000 އެނދު ކުރިއަށް ...

ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރުމީހަކު ރަނގަޅުވެ ބަލިމީހުންގެ ޢަދަދު 4 ށް

ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދެމުން އައި އިތުރު މީހަކު ބަލިން ފަސޭހަވެ ކޮވިޑް-19 ބަލިމީހުންގެ ޢަދަދު ...

ރައީސްގެ ޝުކުރު މޯދީއަށް

ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާއަށް ...