އައްޑޫ ސިޓީން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

 އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ހާމަކޮށްފައިވާގޮތުން ބުދަދުވަހުގެ އިރުއޮއްސި ހަޔަކުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް ޓެސްޓް ކުރުމަށް ނެގުނު 163 ސާމްޕަލްގެ ތެރެއިން  އަލަށް ޕޮޒިޓިވްވި 12 މީހުންނަކީ ވެސް ދިވެހީންނެވެ

މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވް ވެފައިވަނީ 3 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. އަދި ފޭދޫއިން ޕޮޒިޓިވްވެފައިވަނީ 7 މީހެކެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 1348 މީހުންނެވެ. އޭގެތެރެއިން 1116 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ފާއިތުވު 24 ގަޑިއިރުތެރޭ ބަލިން ފަސޭހަވެގެން ދޫކޮށްލާފައިވަނީ 32 މީހެކެވެ.

އައްޑޫގެ ރަށްރަށުގެ  ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް މިހާރު  އުޅެނީ ފޭދޫގައެވެ . އެގޮތުން ފޭދޫގައި  ކޮވިޑްގެ 91 ކޭސް އުޅޭއިރު، ހިތަދޫގައި 48 ކޭސް، މަރަދޫގައި 83 ކޭސް، މަރަދޫފޭދޫގައި 04 ކޭސް އަދި ހުޅުދޫގައި 1 ކޭސް އަދި މީދޫގައި 1 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...

ކޯވިޑް-19 : އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާއި އިންޑިއާގެ ...

އޯލެވެލް އިމްތިޙާނުގެ ގަދަ ދިހައެއްގެ 10 ވަނާގައި ސ. އަތޮޅު މަދަރުސާގެ ދަރިވަރަކު ހިމެނިއްޖެ

މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގެ 10 ވަނާގައި ސ. އަތޮޅު ...