އިނގިރޭސި ލީގު ކަޕް ނުވަތަ އީއެފްއެލް ކަޕުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފިއެވެ.

މިމުބާރާތުން މެންޗެސްޓަރ ޔުނައިޓެޑް ކެޓީ މިމުބާރާތުގެ  ތިންވަނަ ބުރުގައި ބުދަދުވަހުގެރޭ ވެސްޓް ހަމްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެގެނެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓް ހަމްއާއި ދެކޮޅަށް ކުޅުނު މިމެޗުން ޔުނައިޓެޑު ރޭ ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

ޔުނައިޓެޑުން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ބައެއް މުހިންމު ކުޅުންތެރިން ނުހިމަނައެވެ. މިގޮތުން ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް މި މެޗަށް ނަގާފައިވާ ސްކޮޑުގައި ހިމަނާފައި ނުވެއެވެ. މީގެއިތުރުން ޕޮގްބާއާއި ބްރޫނޯ ފެނާންޑޭޒް ވެސް ފުރަތަމަ އެގާރައި ހިމަނާފައި ނުވެއެވެ.

މި މެޗުގައި ވެސްޓްހޭމް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑް ކުޅުންތެރިޔާ މެނުއަލް ލަންޒިނީއެވެ.

ވެސްޓް ހަމްއިން މިމެޗުގައި ލަނޑު ޖަހާ ލީޑު ނެގި ނަމަވެސް މުޅި މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިގޮތުން ނަތީޖާ ބަދަލުކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑްގެ ކުޅުންތެރީނަށް ލިބިގެންގޮސްފައިވެއެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޔުނައިޓެޑްގެ މިޑްފީލްޑަރ މަޓާ ފޮނުވާލި ހަމަލާ ވެސްޓްހޭމްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވީއިރު، ލިންގާޑު ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސްޓްހޭމްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

 މިމެޗުގައި ޔުއިޓެޑުން ވެސްޓް ހަމްގެ ގޯލާ އަމާޒު ކޮށް ޖުމްލަ 29 ހަމަލާއެއް ފޮނުވާލާފައި ވާއިރު، ޔުނައިޓެޑުގެ ގޯލާއި އަމާޒު ކޮށް ވެސްޓް ހަމްއަށް ފޮނުވާލެވިފައިވަނީ އެންމެ ނުވަ ހަމަލާއެވެ. އަދި ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ތިން ހަމަލާއެވެ.

ވެސްޓްހަމްއަތުން ބަލިވެ ޔުނައިޓެޑް މިމުބާރާތުން ކެޓިއިރު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި ވެސް މި ދެ ޓީމް ވަނީ ބައްދަލު ކޮށްފައެވެ. އެ މެޗު ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ.

ވެސްޓްހޭމްއަތުން ބަލިވެ ޔުނައިޓެޑް ލީގުކަޕުން ކަޓައިގެން ދިޔަނަމަވެސް އާސެނަލް ކުޅުނު މެޗު  އެޓީމުންކާމިޔާބުކޮށް އެ ޓީމުން ވަނީ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. އާސެނަލް މޮޅުވީ އޭއެފްސީ ވިންބަލްޑަން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

އަދި މީގެ އިތުރަށް މިމުބާރާތުގެ ހަތަރުވަނަ ބުރަށް  ޗެލްސީއާއި ޓޮޓެންހަމް ވަނީ ދަތުރުކޮށްފައެވެ. ޗެލްސީ ހަތަރުވަނަ ބުރުން ޖާގަހޯދީ އެސްޓަންވިލާއާއި ބައްދަލުކުރިމެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ޓޮޓެމްހަމް 4 ވަނަ ބުރުން ޖާގަހޯދީ ވުލްވްސްއާއި ބައްދަލުކުރި މެޗުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް ފެށުމުގެ ގޮތުން ކުޅެވުނު ފުޓްސަލް މެޗް ހުޅުދޫ ފަރިޓީމް ކާމިޔާބުކޮށްފި

ގައުމުއެފްސީން އިންތިޒާމްކޮށްގެން މީދޫގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ” ގައުމު ސްޓްރީޓްކަޕް ” ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ހިމެނިގެން ...

ސިޔާކަޕްގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފި

މީދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި “ސިޔާކަޕް” ގެ ޗެމްޕިއަންކަން ގައުމު އެފްސީ ހޯދައިފިއެވެ.  މިމަހުގެ 22 ވަނަ ދުވަހު ...

ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ޗެލެންޖާސް އަތުން ޓީމް ގަރާޖް ބަލިވެއްޖެ

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޗެލެންޖާސް ކުޅުނު ...