ސ. ހުޅުދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. އަދި އެއްގަމު ތޮށިލުމަށް ކޮންކްރީޓް ގާ އެތުރުމުގެ 56 އިންސައްތަ މަސައްކަތް ނިންމާލާފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓެއް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ސޯލިހް މިނިސްޓަރު ޝިދާތާ މަގާމުން ދުރުކުރަންޖެހޭ – މީކާއީލް

ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، ހިޝާންއަށް އޮނަރަރީ ...

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު މަރުވެ އެކަކު ގެއްލިގެން ހޯދަނީ

ކ ގުޅީ ބޭރުން ދެ ލޯންޗް ޖެހި ހިނގި ނުރައްކާތެރި  އެކްސިޑެންޓުގައި ބިދޭސީއަކު ނިޔާވެ ދިވެއްސަކު ގެއްލިގެން ހޯދަން ...

މިއީ ރައްޔިތުންނަށް ކޮށްދޭ، ރައްޔިތުންގެ ވެރިކަމެއް: ރައީސް

މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ...