މާފަރުން އިންޑިއާގެ ދިއްލީއަށް ސީދާ ދަތުރުތައް ފަށަނީ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ނިއު ދިއްލީއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

މާފަރު އެއާޕޯޓް ހިންގާ، މޯލްޑިވިއަނުން ބުނީ މާފަރުން ދިއްލީ ދަތުރުތައް ފަށާނީ އަންނަ މަހު 21 ދުވަހު ކަމަށެވެ.

އަދި ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މާފަރުން ދިއްލީއަށް އަދި ބުދަ، ހުކުރު އަދި އާދީއްތަ ދުވަހު ދިއްލީން މާފަރަށް ފްލައިޓް ދަތުރުތައް އޮންނާނެ ކަމަށް ބުންޏެވެ.

މާފަރުން ދިއްލީއަށް ދެކޮޅު ޓިކެޓު ފެށޭ އަގަކީ 285 ޑޮލަރެވެ. ދިއްލީން މާފަރަށް ދެކޮޅު ޓިކެޓުގެ އަގަކީ 312 ޑޮލަރެވެ.

މިދަތުރަކީ ކޮވިޑަށްފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ އާ ރޫޓެވެ. މީގެ ކުރިން މުމްބާއީން މާފަރަށްވެސް މޯލްޑިވިއަން އިން ދަތުރުތައް ފަށަން ނިންމި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގއ.މާމެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މާލެއިން ގއ.މާމެންދުއަށްގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިމަހުގެ 13 ވަނަ ދުވަހު އެރަށަށްދިޔަ ...

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން ޔޫރޯ މެޗުތައް ބެލޭނެ

ދިގު އިންތިޒާރަކަށް ފަހު ޔޫރޯ2020 ގެ ފޯރިގަދަ މުބާރާތް މިހާރު މިވަނީ ފެށުމަކާ ހަމައަށް އައިސްފައިއެވެ. މިދިޔަ އަހަރު ...