ބައެއް މުވައްސަސާތަކުން އެއްބާރުލުން ނުލިބިގެން އޭއޭއޭ އާއި އެވިޑްގެ އެއްބަަސްވުން އުވާލައިފި

ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އައި ފްލައިން ސްކޫލް ހިންގުމަށް ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑާއި އޭއޭއޭ އާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވިޑްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ އެއްބަސްވުން ބާތިލުކުރީ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބުމުން ކަމަށެވެ. އެހެން ކަމުން އޭއޭއޭ އާއި އެވިޑްކޮލެޖާ ވާހަކަ ދައްކައިގެން ދެ ފަރާތް އެއްބަސްވެގެން އެ އެއްބަސްވުން އުވާލީ ކަމަށް މުސްތާގު ވިދާޅުވިއެވެ. އެއްބަސްވުން އުވާލުމާއެކު ފްލައިން ސްކޫލް ހިންގުމަށް ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް މިހާރު ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ ޑިސްކައުންޓުތަކަކާއެކު އެސްޓީއޯގެ އަހަރީ ސޭލް، ހަމަ އެންމެ ދުވަހެއް

ގިނަ ޑިސްކައުންޓުތަކަކާއެކު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ އަހަރީ ސޭލް މިއަދު ފަށާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. ...

ބަދަހިކަޕް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަން އެޗް.އެމް.ޕީ.އާރް.ސީ – އެންމެ މޮޅު ކުޅުންތެރިއަކަށް ރަބާބު

މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން މީދޫގައި ބޭއްވި ” އެމްއީސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން  ހުޅުމީދޫ ...

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ރަސްމީކޮށް އަރުވައިފި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވީ ...