އައު ޓްރާސްފޯމަރު ގުޅަން މިއަދު މުޅިރަށުން ކަރަންޓް ކަނޑާލަނީ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މިއަދު  ހުޅުދޫއާއި މީދުން ކަރަންޓް ކަނޑާލާނެ ކަން ފެނަކަ-ހުޅުމީދޫ ބްރާންޗުން އަންގައިފިއެވެ.

ފެނަކަ-ހުޅުމީދޫ ބްރާންޗް ގޭގެއަށް ފޮނުވާ ނޯޓެއްގައި ބުނެފައިވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި  18 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މަސައްކަތް ނިމެންދެން ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެވާހަކައެވެ. 

މައުލޫމާތު ލިބިފައިވާގޮތުގައި ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައިވަނީ އެ އިންޖީނުގޭގައި ކުރީން ބޭނުންކުރަމުންއައި ޓްރާންފޯމަރެއް ބަދަލުކޮށް އައު ޓްރާސްފޯމަރެއް ގުޅުމުގެ މަސައްކަތް ކުރުމަށެވެ. ހުޅުމީދޫ އިންޖީނުގެން ދެމުންދާ  ކަރަންޓްގެ ޚިދުމަތް ރަގަޅު ކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރުގެތެރޭގައި 800 ކިލޯވޮޓްގެ 3 ޖަނަރޭޓަރު އެތަނަށްވަނީ ގެނެސްފައެވެ. އަދި  ހުޅުމީދުއަށް ދެމުންދާ ކަރަންޓް ޚިދުމަތް ރަގަޅު ކުރުމަށްޓަކައި  ބޭނުންވާ އެހެންކަންތައްތަވެސް ހައްލުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތު ލިބިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެ

ނިމިދިޔަ 2021-2022 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ ދިހައެއްގައި ސ. އަތޮޅުމަދަރުސާގެ ދެ ދަރިވަރުން ހިމެނިއްޖެވެ. ...

އައްޑޫސިޓީ: ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި އަދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ...

ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރައްވައިފި

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ގެ މަގާމަށް އިބްރާހިމް ހޫދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި ...