އިޓަލީގައި ދިރިއުޅެމުންދިއަ ދިވެހި ފިރިހެނެއް އަނިޔާވެރިގޮތަކަށް މަރާލައިފި

އިޓަލީވިލާތުގެ އަންހެނަކާ ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެމުންދިއަ ދިވެހި ފިރިހެނެއް އަނިޔާވެރިގޮތަކަށް މަރާލައިފިއެވެ.

އެ ގައުމުގައި މަރާލާފައިވަނީ ހދ.ނޮޅިވަރަންފަރު، ވައިމަތީގެ، މަހްމޫދު އިމާދު (44އ) އެވެ.

އޭނާގެ އާއިލާއާ ހަވާލާދީ “ސަން” ގައި ރިޕޯޓްކޮށްފައިވާގޮތުގައި މަހްމޫދު އިމާދުގެ ހަށިގަޑު ފެނިފައިވަނީ އޭނާ ދިރިއުޅެމުން އައި ގޭގެ ގޯތިތެރޭގައި ދަންޖައްސާފައި ހުއްޓައެވެ. އަދި އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް  އިމާދުގެ އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް ސަން އޮންލައިންގައި ބުނެފައިވެއެވެ.

އޭނާގެ އަންހެނުންނާއި، ބަފައިބެ މިވަގުތު ހުރީ ގެސްޓްހައުސްއެއް ހުޅުވުމުގެ މަސައްކަތްކުރުމަށް އައިސް ނޮޅިވަރަންފަރުގައިކަމަށްވެސް މިޚަބަރުގައި އިތުރަށް ބުނެފައިވެއެވެ.

މަޙްމޫދުގެ ކޮއްކޮއާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަހުމޫދޫގެ މަރުގެ މަޢުލޫމާތު އެންމެ ފުރަތަމަ ޢާއިލާއަށް ލިބުނީ މަޙްމޫދުގެ އަންހެނުންގެ ފަރާތުންނެވެ. އަދި މަޙްމޫދު މަރުވެެފައި ވަނިކޮށް ފުރތަމަ ފެނުނީ އޭނާގެ މައިދައިތައަށެވެ.

މަޙްމޫދުގެ އަންހެނުންނާ ހަވާލާދީ މީޑިއާގައި ހާމަކޮށްފައިވާގޮތުން މަހުމޫދު މަރާލުމަށްފަހު މަޙްމޫދުގެ ފޯނުވެސް އޮތީ ފުނޑުފުނޑުކޮށްލައިފައެވެ.

މަހުމޫދުގެ ބޭބޭ ފަތުހީއާއި ހަވާލާދީ އޮންލައިންނޫސް އަދަދުގައި ރިޕޯޓް ކޮށްފައިވާގޮތުން ފަތުހީގެ މަރުގެ ހަގީގަތް ހޯދަން ޕޯސްޓްމޯޓަން ހަދަން ބޭނުންކަމަށާ އަދި ޖަނާޒާގެ ކަންތައް ބާއްވަން ހަށިގަޑު މާލެ ގެންނަން ބޭނުންކަމަށްވެސް މަހުމޫދުގެ ބޭބެއާއި ހަވާލާދީ އަދަދުގައި ބުނެފައިވެއެވެ

މަޙްމޫދުގެ ކޮއްކޮއާއި ހަވާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުން މަހުމޫދު އިޓަލީގައި އުޅޭތާ މިހާރު އަށެއްކަ އަހަރުވެއްޖެއެވެ. އަދިއޭނާ ރާއްޖޭގައި ހުރެފައި އިޓަލީއަށް އެންމެފަހުން ދިޔައީ ހުސްވި މެއިމަހުގައެވެ. އަދި މި މަހުގެ 20 ގައި ރާއްޖެ އަންނަންވަނީ ޓިކެޓު ނަގާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި އެވެ. ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ “މުސްލިމް ކިޑްސް ޓީވީ” އަކީ ...

ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...