އުރީދޫ އެއާ ފައިބަރު ޕްލޭންތަކަށް ބޮޑު ބަދަލެއް

އިތުރު ސްޕީޑާއި ޑޭޓާ އާއި އެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އުރީދޫއިން ބުނީ މިހާރު ގެނެސްފައިވާ ބަދަލާއެކު އިންޓަނެޓުގެ ސްޕީޑް ކުރިއަށްވުރެ އަވަސްވާނެކަމަށެވެ. އަދި އިތުރު ޑޭޓާ ވެސް އަލަށް ގެނައި ބަދަލާއެކު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއާއެކު 5ޖީ އެއާ ފައިބަރުން، އިންޓަނެޓާ ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވާނެކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ ރަށްރަށާއި ގޭގޭގައި މަސައްކަތް ކުރިއަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު މި ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓަކާއެކު ޑިވައިސް ޕްލޭނެއް ވެސް އުރީދޫ މޯލްޑިވްސްއިން ފޯރުކޮށްދޭނެކަމަށެވެ.

އަދި 5ޖީ އެއާ ފައިބަރު އަލަށް ނަންގަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާތަކެއް ލިބިގެންދާނެކަމަށެވެ.

މި ހިދުމަތުގެ ސަބަބުން ގޭގައި ތިބެގެން އޮންލައިން ކްލާސްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވާނެކަމަށް އުރީދޫއިން ބުންޏެވެ. އަދި އެންމެ މަގުބޫލް ފިލްމް އަދި ޝޯތައް ވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޑައުންލޯޑްކޮށްލެވޭނެކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ހައިސްޕީޑް އިންޓަނެޓާއި ލޯ ލޭޓެންސީގެ ސަބަބުން ގޭމް ކުޅުންތެރިންނަށް ވެސް ބުރޫ އެރުމެއްނެތި ގޭމް ސެޝަންތައް ނިންމާލެވޭނެކަމަށް އުރީދޫއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ ތަސައްވުރަކީ ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުންކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Next: ދިރާގު އަމިއްލަ ޕޯސްޓްޕެއިޑުން މިހާރު އަންލިމިޓެޑް ކޯލްސް ކޮށްލެވޭނެ