ޗެމްޕިއަންސް ލީގުގެ މެޗްތައް މިރޭ ފަށަނީ

ޗެމްޕިއަންސް ލީގުގެ މެޗްތައް މިރޭ ފެށޭނެއެވެ.

32 ޓީމް ވާދަކުރާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:45 ގައި އެވެ. އެގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ މެންޗެސްޓާރ ޔުނައިޓެޑާއި ބީބީސީ ޔަންގ ބޯއިޒް އެވެ.  ސޮނީ ޓެން 1  މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި އެޗްޑީކޮށް މި މެޗު ސޮނީ ޓެން 1 އެޗްޑީ  އިން ބަލާލެވޭނެ އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ވޭތުވެދިޔަ އަހަރުތަކަށްވުރެ ފޯރިގަދަ ވާނެކަމަށް ބެލެވެއެވެ. އެކަމުގެ މައިގަނޑު ސަބަބަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ހީނުކުރާ ކަހަލަ ތަފާތު ޓްރާންސްފާ ތަކެއް ފެނިގެން ގޮސްފައިވުމެވެ. ދުނިޔެ ދުށް އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ މެސީ ޕީއެސްޖީއަށް ކުޅޭއިރު ރޮނާލްޑޯ ކުޅޭނީ އޭނަގެ ކުރީގެ ޓީމް މެންޗެސްޓާ ޔުނައިޓަޑަށެވެ

ޗެމްޕއަންސް ލީގުގައި މިރޭ ކުޅެވޭ އިތުރު މެޗްތައް

ސެވިއްޔާ – ސާލްސްބާގް

ޗެމްޕިއަންސް ލީގު ގުރޫޕު ސްޓޭޖުގައި މިރޭ 12:00 ގައި ކުޅޭ މެޗުތައް:

ބާސެލޯނާ – ބަޔާން މިޔުނިކް

ޑިނަމޯ ކިއޭވް – ބެންފީކާ

ވިއަރެއާލް – އެޓަލާންޓާ

ލިލް – ވުލްފްބާގް

ޗެލްސީ – ޒެނިތް

މަލްމޯ – ޔުވެންޓަސް

Next: އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް އެމެރިކާއަށް ވަޑައިގަންނަވަނީ