ސާފް ޗެންޕިއަންޝިޕް ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ފައްޓަވާ މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާފައިވަނި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ މިކެންޕެއިން އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެއްވަނަ މަގާމަށް ލިބޭ ޓްރޮފީގެ ނަކަލު ޓްރޮފީއެއްގައި ރަމްޒީގޮތުން އަތް ޖައްސަވާލައްވާފަ އެވެ.

އެމަނިކުފާނު އިފްތިތާހު ކޮށްދެއްވި މި ކެންޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މީހުން ދިރިއުޅޭ އެކި ރަށްރަށުގައި ސާފް ޗެންޕިއަންޝިޕް 2021 މުބާރާތާއި ގުޅިގެން މާކެޓިންގ އަދި ޕީއާރްގެ އެކި ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

މިގޮތުން މިރަސްމިއްޔާތުގައި ވަނީ މިކަމާއިބެހޭ ކުރު ވީޑިއޯއެއް ތައާރަފްކޮށް، ސާފް ޗެންޕިއަންޝިޕްގެ ކެންޕެއިންގެ ވީޑިއޯ ޕްރެސެންޓޭޝަނެއް ދައްކާފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ސާފް ޗެންޕިއަންޝިޕްގެ ހަނދާނުގައި ހާއްސަ ފޮތެއްވެސް ތަޢާރަފްކޮށްފައެވެ. “އަހަރެމެންގެ ފަހަރު” ނަމުގައި މިފޮތް ނެރެދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މިއަހަރު ސާފް ޗެންޕިއަންޝިޕް ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 1 އިން 16 ގެ ނިޔަލަށެވެ.

މިއީ، އެހެން ގައުމަކާއި ބައިވެރިނުވެ، ހަމައެކަނި ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަަމަ ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އަދި ދެވަނަ ފަހަރު އެ މުބާރާތް ކާމިޔާބުކުރީ 2018 ވަނަ އަހަރު އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވައިބަރ ކޮންމެ ސްޓިކާ ޕެކެއްވެސް ޑައުންލޯޑް ކޮށްލެވޭ ޚާއްސަ ޕެކެޖެއް އުރީދޫއިން ތައާރަފްކޮށްފި

އެންމެ 19 ރުފިޔާއަށް ވައިބަރގެ ކޮންމެ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރެވޭ ހާއްސަ ޕެކޭޖެއް މިއަދު އުރީދޫއިން ތައާރަފުކޮށްފި ...

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  –  ރޭ ކުޅެވުނު ދެމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި ...

“ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވައިފި

ރާއްޖޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ މަތީ ފަންތީގެ އެޕާޓްމަންޓްތަކާއެކު ޢިމާރާތްކުރާ “ރަސްފަންނު މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް” މަޝްރޫޢުގެ ބިންގާ ...