ގާސިމް ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފިއެވެ.

ޖޭޕީ ލީޑަރު ގާސިމް ނޫސްވެރިންނާ ބައްދަލުކުރަން ނިންމަވާފައިވާކަން އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މި ނޫސްވެރިންގެ ބައްދަލުވުން ތާވަލްކޮށްފައި މިވަނީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުންނެވެ.

ގާސިމް އިބްރާހިމް ނޫސްވެރިންނާ ބައްދަލުކުރައްވަން ތާވަލްކޮށްފައިވާއިރު އެންމެ ފަހުން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރެއްވީ ރާއްޖެއިން ކޮވިޑް-19 ފެށުމުގެ ކުރިންނެވެ.

އަންނަ ހޯމަ ދުވަހުގެ 16:00 އަށް މި ބައްދަލުވުން ތާވަލްކޮށްފައިވާއިރު، އެއީ ކޮން ކަމަކާ ގުޅޭ ބައްދަލުވުމެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖޭޕީ ލީޑަރ ގާސިމް އިބްރާހިމްގެ ބައްދަލުވުމެއް އެ ޕާޓީން ތާވަލްކޮށްފައިވާއިރު ކޯވިޑް-19އާ ގުޅިގެން ޕާޓީގެ ސިޔާސީ ހަރަކާތްތައް ވެސް ވަރަށް ގިނަ ދުވަހު މަޑު ޖެހުމެއްގައި އޮތުމަށް ފަހު އަނެއްކާ ވެސް ޖޭޕީން ވަނީ ޖަލްސާތައް ބޭއްވުމާއި އެކި ސިޔާސީ ހަރަކާކްތައް ފަށާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލްމާ ބޯޓު ފަރަށް އަރައިފ

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި “އަލްމާ” ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް އެރުމާ ގުޅިގެން ...

ގައުމު ސްޓްރީޓް ކަޕް : ރޭ ކުޅެވުނު ދެމެޗުންވެސް މީދޫ ދެޓީމް ބަލިވެއްޖެ

ގައުމު ސްޓްރީޓް ކަޕް ގައި ރޭ ކުޅެވުނު މެޗްތަކުން މީދޫގެ ދެޓީމްވެސް ބަލިވެއްޖެވެ. ރޭ 8:30 ގައި ކުޅެވުނު ...