އައްޑޫސިޓީގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާއިރު އައްޑޫސިޓީން އިއްޔެވެސްއިތުރު 6 މީހުން އެ ބައްޔަށް ޕޮޒިޓިވްވެ އައްޑޫސިޓީގެ އެކްޓިވް ކޭހުގެ އަދަދު 308 އަށް އަރައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އައްޑޫސިޓީން އެންމެ ފަހުން ޕޮޒިޓިވްވި ހަމީހުންގެ ތެރޭގައި ހިމެނެނީ ފޭދުން ޕޮޒިޓިވްވި 3 މީހަކާއި ހިތަދުން ޕޮޒިޓިވްވި ދެމީހުންގެ އިތުރަށް މަރދޫފޭދުން ޕޮޒިޓިވްވި މީކެވެ.
އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކުން ހޮނިހިރު ދުވަހުގެ އިރުއޮއްސި ހަޔަކަށް ކޮވިޑަށް ޓެސްޓް ކުރުމަށް ނެގުނު 172 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވި 4 މީހުންގެ އިތުރަށް ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 2 މީހެކެވެ.
އައްޑޫގެ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 124 ކޭސް އުޅޭއިރު، ހިތަދޫގައި 99 ކޭސް، ފޭދޫގައި 31 ކޭސް، މަރަދޫފޭދޫގައި 11 ކޭސް އަދި ހުޅުދޫގައި 10 ކޭސް އަދި މީދޫގައި 33 އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.
ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އައްޑޫސިޓީގެ ހުރިހާ ރަށެއްގައިވެސް މިހާރު ރޭގަޑު 9:00 އިން ފަތިހު 4:00 އަށް ކާފިއުގެ ހިންގަމުންދާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއްވެސް އައްޑޫސިޓީގައ މިހާރުވަނީ އަޅާފައެވެ.