ދަތުރުކުރާއިރު ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބަލަނީ

ދަތުރުކުރުމުގެ ކުރިން ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވޭތޯ ބަލާފައި ނޫނީ ހިދުމަތް ނުދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެ އެވެ.

އަންނަ ބުދަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުދަތުރާއި ވައިގެ ހިދުމަތް އަދި ޓެކްސީ ދަތުރުކުރާއިރު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވޭތޯ ނުވަތަ އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތު ކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު ނޫނީ ހިދުމަތް ނުދިނުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

ސަރުކާރުންގެ އަމާޒަކީ މި މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދޭށެވެ. އެކަމަށް ބާރު އެޅުމަށް އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ މީހުންނަށް ބައެއް ހިދުމަތްތައް ދިނުމުގައި ތަފާތުކުރުން ގެންގުޅެން އެޗްޕީއޭއިން ވަނީ ކަމާބެހޭ ފަރާތްތަކަށް އަންގައިފަ އެވެ.

މިހާތަނަށް 300،000އަށްވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 381،902 އަށް އަރާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓްރާސްޕޯޓް މިނިސްޓްރީ ކުރަނީ ވައްކަން، ނަހުލާއަކަށް އެކަމެއް ނުހުއްޓުވުނު: ނިހާދު

ޓްރާސްޕޯޓް މިނިސްޓްރީން މިހާރުވެސް އެތައް ވައްކަމެއް ކުރަމުންދާކަމަށާއި، އެކަން މިނިސްޓަރ ނަހުލާއަކަށް ނުހުއްޓުވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ...

ވެމްކޯގެ ބިލްތަކަށް ހައިއެނާޖީ އަދި ފިނި މޯބައިލަށް ފައިސާ ދެއްކޭނެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ފަސޭހައިން ބިލަށް ފައިސާ ދެއްކެނޭ އިންތިޒާމް ހަމަޖެއްސުމައްޓަކައި ...

އެމްއެންޕީގެ މެމްބަރުން އިތުރު ކުރުމަށް ހުޅުދޫއާއި މީދުއަށް ދަތުރެއްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ފާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، އެޕާޓީގެ ލީޑަރޝިޕް ...