އައްޑޫގައި ރޭގަނޑު ނުވައަކުން ފަތިހިތު ހަތަކަށް ކާފިއު ހިންގަނީ

އައްޑޫ ސިޓީގައި ރޭގަނޑު 9 އިން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

އައްޑޫގައި ކާފިއު ހިންގުމަށް ނިންމާފައިވަނީ ކޮވިޑް-19 ގެ ކޭސްތައް ގިނަ އަދަދަކަށް އައްޑޫސިޓީން ފެންނަމުން ދިއުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނީޓަރިން ހާލަތަށް ގެނައުމާ ގުޅިގެންނެވެ.

ރޭ އައްޑޫ އިމަޖެންސީ އޮޕްރޭޝަން ސެންޓަރުގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކާފިއު ވަގުތުގައި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓުތަކާއި ގާޑިޔާތަކުން ހިދުމަތް ދިނުން މަނާވާނެ ކަމަށާއި ނަމަވެސް ހާއްސަ ހުއްދަތަކެއް ލިބިގެން ރޭގަނޑު 12 ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ކާފިއު ހިންގުމުގެ އިތުރުން އައްޑޫގެ ސްކޫލްތައް ދެ ހަފްތާގެ މުއްދަތައް  ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ޕާޓީތަކާއި ޖަލްސާތައް ވެސް މި ދުވަސްވަރު ބޭއްވުން ވަނީ މަނާކޮށްފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު އިއްޔެވެސް އައްޑޫސިޓީން ވަނީ އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފަސް ފްލޫ ސާމްޕަލް އާއި އެއް ރެންޑަމް ސާމްޕަލް އެވެ. އިއްޔެ އައްޑޫސިޓީން ޕޮޒިޓިވްވި ކޭސްތަކަށްބަލާއިރު 11 ކޭސް މަރަދުން ފެނިފައިވާއިރު އަނެއް ހަތް ކޭސް ފެނިފައިވަނީ ހިތަދޫންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 81 ކޭސް އުޅޭއިރު، ހިތަދޫގައި 36 ކޭސް، ފޭދޫގައި އެކްޓިވް 19 ކޭސް، މަރަދޫފޭދޫގައި 28 ކޭސް އަދި ހުޅުދޫ އާއި އެއް ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.  ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ އައްޑުން ޕޮޒިޓިވްވި 18 ކޭސްއާއިއެކު އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 153 އަށް އަރާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަނިޔާއަށް ފަހު ޔާސީން އެނބުރި ފަރިތަކުރުންތަކަށް

މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީންގެ ކަކުލު ހުޅަށް ލިބުނު އަނިޔާއަށް ފަހު އެނބުރި ވޮލީގެ ޓްރެއިނިންގއަށް އަތުވެއްޖެއެވެ. ...

އަތޮޅުތެރެ އާއި މާލޭގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފި

އަތޮޅުތެރެ އާއި މާލޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ވެމްކޯއިން 5 ކޮޅުވެއްޓި ގެނެސްފިއެވެ. އެ ގޮތުން ގެނެސްފައިވަނީ ...

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ...