އެމްބާޕޭ ރެއާލްއަށް ، ރެއާލުން ހަޒާޑު ވިއްކާލަނީ

ބޭރު ދުނިޔޭގެ ކުޅިވަރު

އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން ހަޒާޑް އާއި އިތުރު ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑުން ފްރާންސް ގެ އެމްބާޕޭ ގަންނަން 188 މިލިއަންޑޮލަރު ހުށަހެޅުމާ ގުޅިގެން އޭނާ ވިއްކާލުމާ މެދު އަވަހަށް ގޮތެއް ނިންމަން ޕީއެސްޖީން މަޝްވަރާކުރަން ވަނީ ފަށާފައެވެ.

މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. މީގެ ކުރިންވެސް ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައެވެ. އޭނާ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންވެ.

އެމްބާޕޭ ބޮޑު އަގަކަށް ގެންނަން ރެއާލުން ތައްޔާރުވަމުންދާއިރު، އެޓީމުން ދަނީ މުހިންމު އެހެން ކުޅުންތެރިންތަކެއް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.

މަޝްހޫރު ގޯލް ޑޮޓްކޮމް އިން ބުނެފައިވަނީ އެމްބާޕޭ ރެއާލް މެޑްރިޑަށް ގެނައުމަށްޓަކައި ހަޒާޑުގެ އިތުރުން އެ ކުލަބުން ދެން ވިއްކާލާނެ ކުޅުންތެރިންގެ ތެރޭގައި އަސެންސިއޯ އާއި ރޮޑްރިގޯ ހިމެނޭ ކަމަށެވެ.

ރެއާލުން ހަޒާޑް ދޫކޮށްލައިފި ނަމަ އޭނާ ދިއުން ގާތީ ކުރީގެ ކުލަބް ޗެލްސީއަށެވެ..

ޗެލްސީން ހަޒާޑް ރެއާލަށް ބަދަލުވީ 100 މިލިއަން ޔޫރޯއަށެވެ. އޭނާ ޗެލްސީ ދޫކޮށްް ރެއާލްއަށް ބަދަލުލވީ 2019 ވަނަ އަހަރުގައެވެ. ރެއާލް އާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019: ގްރޫޕް އޭގެ 1 ވަނަޓީމްގެ ގޮތުގައި ރިސޯޓްބޯއިސް ސެމީފައިނަލަށް

މިނިވަންކަޕް 2019 ގައި ރިސޯޓް ބޯއިސް އާއި ޕޮލިސް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ގްރޫޕް އޭގެ ...

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...

ފްރާންސް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިފި

ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ ފަހުގެ ތާރީހެއްގައި ...