ސާފު ކުރުމުގެ ދުވަސް: ފެނަކައިގެ މުވައްޒަފުން ނުކުމެ މުޅި ފެނަކަ ސާފު ކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފެނަކައިން ހާމަކޮށްފައިވާގޮތުން އެކުންފުނިން ހިދުމަތްދޭ 154 ރަށުގައިވެސް އެ ޕްރޮގްރާމް މިއަދު ކުރިއަށް ދާނެ ކަމަށެވެ. މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ނިންމާލާނީ މިއަދު ހަވިރު 4:00 ގައެވެ.

މި ޕްރޮގްރާމްގެ ތެރެއިން ފެނަކައިގެ ހުރިހާ ބްރާންޗެއްގެ ގޯތިތެރެއާ އޮފީސްތެރެ ސާފު ކުރާނެއެވެ. ފެނަކައިން ހާމަކޮށްފައިވާގޮތުން އެކުންފުނީގެ ބްރާންޗް ތަކަގެ މަސައްކަތުގެ މާހައުލަކީ އާންމު ސިއްހީ މިންގަނޑުތަކަށް ފެތޭ ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީ އެ ކުންފުނިން ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ.

އަދި އެ ކުންފުންޏަކީ ރާއްޖޭގެ ބޮޑު އާބާދީއަކަށް ފެނާއި ކަރަންޓުގެ ހިދުމަތްދޭ ކުންފުންޏަކަށް ވުމުން، ކުންފުނީގެ ހިދުމަތްތައްދޭ އޮފީސްތަކަކީ ކުންފުނީގެ ހިދުމަތް ލިބިގަންނަ އާންމު ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ

ފެނަކައިންހާމަކޮށްފައިވާގޮތުން މި ޕްރޮގްރާމްގެ ތެރެއިން ބްރާންޗްތަކުގެ އިންޖީނުގެތަކުގެ ކައްކާތެރިކަންވެސް ބަލައި ޗެކް ކުރެވޭނެ އެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫ އުނިސާރި މަގުގައި ތާރުއަޅައި ނިންމާލައިފި

މީދޫގައި ތާރުއަޅައިގެން ހަދަން ހަމަޖެހިފައިވާ މަގުތަކުގެ ތެރެއިން އުނިސާރި މަގުގައި ތާރުއަޅައި ނިންމާލައިފިއެވެ. މިގޮތުން މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ...

ގްރޫޕް ބީގެ އެއްވަނަޓީމްގެ ގޮތުގައި އަތޮޅުމަދަރުސާ ސެމީއަށް

ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އަތޮޅުމަދަރުސާޓީމް ދަތުރުކޮށްފިއެވެ. ...

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ   އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ. އުމުރުން ތިން އަހަރާ ...