އައްޑޫ ސިޓީން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުން ޕޮޒިޓިވްވެފައިވަނީ މިއަދު ހަވީރު ހަޔެއް ޖެހުމާ ހަމައަށް  އައްޑުއަތޮޅުން ނެގުނު 229 ސާމްޕަލްގެ ތެރެއިންނެވެ.  

މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 6 މީހުން ޕޮޒިޓިވްވެފައިވަނީ ހިތަދުންނެވެ. މަރަދުން ފަސްމީހުން ޕޮޒިޓިވްވެފައިވާއިރު  ފޭދުން އެކަކު އަދި ހުޅުދުންވެސް އެކަކު ޕޮޒިޓިވް ވެފައިވެއެވެ.

މީގެތެރޭގައި ހިމެނެނީ 8 ޑައިރެކްޓް ކޮންޓެކްޓުންނާއި، ފްލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހަކާއި ވަކި ތަރުތީބެއްނެތި ރަށުތެރެއިންނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 4 މީހުންނެވެ.

އައްޑޫ ސިޓީގެ ރަށްރަށުގައި ކޮވިޑްގެ ކޭސްތައް މަޑުމަޑުން އިތުރުވަމުންދާއިރު  މިވަގުތު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް އުޅެނީ މަރަދޫގައެވެ.

މަރަދޫގައި ކޮވިޑްބަލީގެ  90 މީހުން ތިބިއިރު  ،  މަރަދޫ ފޭދުގައި ތިބީ  39 މީހުންނެވެ .  ހިތަދޫގައި 23 މީހުން ތިބިއިރު  ފޭދޫގައި ތިބީ 15 މީހުންނެވެ.

އެހެންކަމުން އައްޑޫސިޓީގައި ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 168 މީހަކަށް މިވަގުތުދަނީ ފަރުވާ ދެމުންނެވެ.

އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި 772 މީހުންގެ ތެރެއިން 601 މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށު މީހަކަށްވެގެން ނުވަތަ އާއިލާ މީހަކަށްވެގެންް ވޯޓްދިނީމާ މިކަމެއް ނުވާނެ- ރައީސް ނަޝީދު

ރަށު މީހަކަށް ވެގެން ވަކި އެމީހަކަށް ވޯޓް ދޭން ނުޖެހޭ ކަމަށާއި ވޯޓް ދޭން ވަނީ ވަރަށް ވިސްނާފަކަމަށް ...

ޔޫރޯ 2020 : ފަހަތުން އަރާ ޕޯޗްގަލްގެ މައްޗަށް ޖަރުމަނު ކާމިޔާބު ހޯދައިފި

ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން  ޕޯޗުގަލްއާއި ބައްދަލުކުރިމެޗު ޖާމަނީ ކާމިޔާބުކޮށްފިއެވެ.   ޖާމަން މިމެޗް ކާމިޔާބުކުރީ ޕޯޗްގަލް އިން ލަނޑެއް ...

ހުޅުމީދޫގައި ގާއިމުކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކޮށް ނިމިފައިވާތީ   ބަލަންޖެހޭ ...