ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އަދި ޖަހަން ޖެހޭނެ: ހެލްތް މިނިސްޓަރު

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހުމަށްފަހު ބޫސްޓާ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިނާ ހަވާލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ހެލްތް މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ކަންތައްތަކަށް ބަލާއިރު މި ވެކްސިން އަކީ ލިބުނު ރަނގަޅު އެއްޗެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގައުމަކަށްވާނެ ކަމަށާއި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ.

ދުބާއީ ފަދަ ބައެއް ސަރަހައްދުތަކުގައި ސިނޮފާމް ވެކްސިން ޖަހާފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަން ނަސީމް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއިން އެގޮތަށް އަމަލު ކުރުމަށް ނިންމާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަތުރުވެރިކަމަށް ގެއްލުންވާނެފަދަ ޢަމަލެއް ނުހިންގަން – ކަސްޓަމްސް

ޤަވާޢިދާއި ޚިލާފަށް ބަނގުރާ ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ރިސޯޓުތަކުން، އެތަކެތި އަނބުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހިންގާ އޮޕަރޭޝަންގައި، ...

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ...

ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކޮށްފި

އައްޑޫސިޓީ ” ބިންވެރިކަމުގެ ޕްރޮގްރާމް 2023 ” ގެ ދަށުން އައްޑޫސިޓީ މީދުން ބިން ލިބޭފަރާތްތަކުގެ މެދުގައި ގުރުއަތުލައި ...