ޗެލްސީގެ ޕުލިސިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ދުނިޔޭގެ ކުޅިވަރު

ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ އަށް ކުޅެމުން އަންނަ އެމެރިކާގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗޭލް ބުނީ ޕުލިސިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އާދިއްތަ ދުވަހުގެރޭ ޕްރިމިއަރ ލީގުގައި އާސެނަލާއި ދެކޮޅަށް ކުޅޭ ‘ޑާބީ’ މެޗުގައި އޭނާއަށް ނުކުޅެވޭނެކަމަށެވެ.

އަދި ޕްރޮޓޮކޯލް ތަކަށް ތަބާވުމުގެ ގޮތުން ޕުލިސިޗް ޗެލްސީގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިނުވާ ކަމަށާއި އޭނާ ނެތްނަމަވެސް ޑާބީ މެޗަށް އެޓީމުގެ އިތުބާރު ދެ މިޑްފީލްޑަރުން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ހަކީމް ޒިޔެޗް ފިޓުކޮށް ހުރިކަމަށެވެ. އަދި ވާދަވެރިވާނެ ކަމަށް ބެލެވޭ މިމެޗުގައި ޗެލްސީގެ މެދުތެރެއިން މި ދެކުޅުންތެރިން ފެނުމުގެ ފުރުސަު ބޮޑުކަމަށް ޓުޗޭލް ބުންޏެވެ.

ފާއިތުވީ ސީޒަނުގައި ޗެލްސީން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޔޫރަޕުގެ ރަސްކަމުގެ ތާޖު އެޅިއިރު މިއަހަރުގެ ސީޒަންވެސް އެކުލަބުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް ކުޅުނު އެންމެ ވާދަވެރި މެޗުކަމަށްވާ ޔޫއެފާ ސުޕާ ކަޕް ފައިނަލުގައި ޗެލްސީން ވަނީ ޕެނަލްޓީގައި ސްޕެއިންގެ ވިލަރެއާލްގެ މައްޗަށް ކުރިހޯދާ ސުޕާ ކަޕް ޓްރޮފީ އުފުލާލާފައެވެ.

އަދި އެއަށްފަހު ޗެލްސީން ވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި އެކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އެ މެޗުގައި ޕުލިސިޗް މޮޅު ކުޅުމެއް ދައްކާފައިވާއިރު އޭނާ ވަނީ އެމެޗުގައި ޗެލްސީން ޖެހި ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން 2016 ވަނަ އަހަރު ކެރިއަރުފެށި ޕުލިސިޗް ޗެލްސީ އަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. މިހާތަނަށް ޗެލްސީގެ ޖާޒީގައި ޕުލިސިޗް 79 މެޗު ކުޅެފައިވާއިރު އޭނާ ވަނީ އެކުލަބަށް 18 ލަނޑު ކާމިޔާބު ކޮށްދީ 14 އެސިސްޓު ކޮށްފައެވެ.

22 އަހަރުގެ އުންމީދީ މިޑްފީލްޑަރު ޗެލްސީގެ ކޮންޓްރެކްޓުގައި މިހާތަނަށް 2 އަހަރު ހޭދަކޮށްފައިވާއިރު އޭނާ ވަނީ އެކުލަބާއެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕާ ކަޕް ކާމިޔާބު ކޮށްފައެވެ.

މަސްދަރު : ވީނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލެންޖާސް އާއި އުސްގަޑަ ޖޫނިއާސްގެ ކުރިމަތިލުން އެއްވަރު

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޭގައި ހިމެނޭ ޓީމްތަކުގެ ...

ގަންބުރި ކަޕްގެ ޗެމްޕިއަންކަން ކެނެލާ ހޯދައިފި

މީދޫގައި ބޭއްވި ގަންބުރި ކަޕް  ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ” ކެނެލާ ” ހޯދައިފި އެވެ. ކެނެލާ މިމުބާރާތުގެ ...

އިތުރުވަގުތުގެ ފަހު މިނިޓްގައި ޖެހިގޯލުން ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން ސްކޫލް ކުރި ހޯދައިފި

މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހި ގޯލަކުން ހިތަދޫ ޝަރަފުއްދީން ސްކޫލުން ފޭދޫ ސްކޫލްގެޓީމް ބަލިކޮށްފިއެވެ. މިހާރު ...