މީދޫ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކް ޕްރެޖެކްޓް

މިޕްރޮޖެކްގެ އަމާޒަކީ ތަނަވަސް ވަމުން އަންނަ ޒަމާނީ ފަސޭހަތަކާގުޅިގެން ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މުޖުތަމައުގައި އިތުރުވަމުންދާ ނަފްސާނީ ބަލިމަޑުކަމާއި ގައިންގަޔަށް ނާރާ ބަލިތަކުން އާއްމުން ރައްކާތެރިވުމުގެ މަގު މީދޫގެ ރަށްވެހީންނަށް ފަހިކޮށްދިނުމެވެ.

މިދެންނެވި ކަންތައްތަކަށް ފޯކަސްކޮށްގެން ފަރުމާކުރެވުނު ޕާކް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މުޖުތަމައުގައި ހިމެނޭ ހުރިހާ ޖީލަކަށް އަމާޒުކުރެވޭ މަލްޓިޕާޕަސް ކޮމިއުނިޓީ ޕާކެއްގެގޮތުގައެވެ

އައްޑޫސިޓީ މީދޫ ފަތާޓްރެކް ސަރަހައްދުގައި ތައްޔާރުކުރެވޭ މިޕާކް ތައްޔާރުކޮށް ނިމޭއިރު ކުލަކުލައިގެ ރީތި މާއަޅާގަސްތަކާ ހިޔާދޭ ގަސްތަކުން މިޕާކްގެ  ހިތްގައިމުކަން ފެނިގެންދާނެއެވެ. އަދި މިޕާކްގައި  ޗާލު ވެއްޓެއް ބިނާކޮށް އެތަނުގައި އުދޯލި އާއި ގޮޑިތައް އަދި  ، ޖޯލިފަތި ތަކާއި މޭޒުފަދަ ތަކެތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައއެވެ. މީގެ އިތުރަށް މިޕާކްގެ ވަށައިގެން ޖޮގިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާއިރު މިޕާކްގެ ތެރޭގައި  އައުޓުޑޯ ޖިމަކާ ކުޑަކުދީންގެ ޕާކެއް ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި ދޮށީއުމުރުގެ މީހުންނަށް ޚާއްސަކޮށްގެން އެމީހުން މުނިފޫހި ފިލުވުމަށް ބޭނުންކުރާނެ ތަނެއްވެސް މިޕާކްގައި ގާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފަތާ ޓްރެކް ބޭނުންކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ސަޕްލައިފެނުން ފެންވެރޭނެ ގޮތައް އައުޓްޑޯ ޝަވަރއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް  ހެދުން ބަދަދަލުކުރެވޭނެގޮތައް ޗޭންޖިން ރޫމެއްވެސް މިޕާކްގައި ތައްޔާރުކުރުމަށްވަނީ ހަމަޖެހިފައެވެ.

ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން މިޕާކް އެސަރަހައްދުގައި ތައްޔާރުކުރިއަސް މިއީ މުޅިމީދޫގެ ރަށްޔިތުންނާއި މީދޫއަށް ޒިޔާރަތްކުރާ މެހުމާނުންނަށްވެސް ބޭނުންކުރެވޭގޮތައް ތައްޔާރުކުރެވޭ ޕާކެކެވެ.

މަސްދަރު ނަލަފެހި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓޫރިސްޓް އެކްސްކާޝަންތައް ހުއްޓާލަން އަންގައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ...

ޤައުމީ ދުވަސް

ރާއްޖޭގައި ޤައުމީ ދުވަހުގެ ގޮތުގައި ފުރަތަމަ ދުވަހެއް ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ...

ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކުރަން މަޖިލީހަށް ބިލެއް ހުށައަޅައިފި

ނިވަލުގައި ދިވެހިން ތިބެގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ...