ފުވައްމުލަކު ސިޓީގެ ބައެއްގޭގެ މަގުފާރު ކައިރީގައި ބަހައްޓާފައި ހުންނަ ބަގީޗާ ގަސްތަކާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި ޖޯލިފަދަ ތަކެތި ނަގައި މަގު ސާފުކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދެފިއެވެ. ސިޓީ ކައުންސިލުން މިގޮތަށް އަންގާފައިވަނީ އެފަދަ ތަކެތި މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން މަގުމަތީގައި ހިގާބިގާވެ އުޅޭފަރާތްތަކަށާއި މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށާއި މަގު މަރާތުކޮށް ބަލަހައްޓާ ފަރާތްތަކަށް އެފަދަ މަސައްކަތްކުރުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުމުންކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ފުވައްމަލަކު ސިޓީގެ ބައެއް ގޭގެ މަގުފާރު ކައިރީ މަގުތަމތީގައި އެކި ބާވަތްތަކުގެ ބަގީޗާ ގަސް އިންދައި ހެއްދުމާއި، މަގުމަތީގައި ގޮނޑިއާއި ޖޯލިފަތި ފަދަ ތަކެއްޗާއި ގޭގެ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި ވިޔަފާރިކުރާ ފަރާތްތަކުން ބޭރުކުރާ ކުންޏާއި ގިނަދުވަސްވެ ހަލާކުވެފައިވާ ވެހިކަލް މަގުމަތީގައި ބަހައްޓާފައި ހުންނަކަން ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ މަގުމަތީގައި ބަހައްޓާފައި ހުންނަ އެފަދަ ތަކެތި މިއޮގަސްޓްމަހު 20 ވަނަ ދުވަހުގެ ކުރިން ނަގައި ސާފުކުރުމަށާއި އަދި އެދުވަހަށް ސާފުނުކުރެވިއްޖެނަމަ އިތުރު އެންގުމަކާއި ނުލައި އެތަކެތި ނަގަމުންދާނެކަމަށެވެ.
ފުވައްމުލަކު ސިޓީގެ ބައެއް މަގުތަކުގައި އެފަދަ ގޮތަކަށް ތަކެތި ބަހައްޓާފައި ހުންނާތީވެ ފުވައްމުލަކު ސިޓީ ކައުންސިލުން މީގެ ކުރިންވެސް ވަނީ އިއުލާނެއް ނެރެ އެތަކެތި ސާފުކުރުމަށް ދަންނަވާފައެވެ.
މަސްދަރު: މިކަލް ނިއުސް
ކޮމެންޓްސް (0)