އައްޑޫ ސިޓީން އިތުރު 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން 16/8/2021 ވަނަ ދުވަހުގެ ހަވީރު 6:00 ން 17/8/2021 ގެ ހަވީރު 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު 137 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 10 ސާމްޕަލްކަމަށެވެ.

  މި 10 މީހުންގެ ތެރެއިން 6 މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވެފައިވާ މީހުންކަމަށްވެސް އައްޑޫ ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ. ދެން ޕޮޒިޓިވްވެފައިވާ 4 މީހުންނަކީ ސަވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އައްޑޫސިޓީން ފެނުނު 10 ކޭސްގެ ތެރެއިން 1 ކޭސް މަރަދޫ އިން ފެނިފައިވާއިރު މަރަދޫފޭދުންވަނީ 5 ކޭސް ފެނިފައެވެ. އަނެއް 4 ކޭސް ފެނިފައިވަނީ ފޭދުންނެވެ.

އައްޑޫސިޓީގެ މަރަދޫގައި ކޮވިޑްބަލީގެ 87 މީހުން ތިބިއިރު  ހިތަދޫގައި ތިބީ ނުވަ މީހުންނެވެ. އަދި  ފޭދޫގައި ފަސްމީހުން ތިބިއިރު މަރަދޫފޭދޫގައި ތިބީ  26 މީހުންނެވެ.

މިވަގުތު އައްޑޫގައި އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 127 މީހުންނެވެ

އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި 701  މީހުންގެ ތެރެއިން 572 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތިނަދޫ ހޮސްޕިޓަލްގެ ސިއްޙީ އެހިތެރިންގެ ޓީމެއް ހޯޑެއްދުއަށް

ގދ.ހޯޑެއްދުއިން ގިނަ ޢަދަދެއްގެ މީހުން ކޯވިޑް19އަށް ޕޮސިޓިވްވުމާއި ގުޅިގެން އެރަށަށް ސިއްޙީ އެހީތެރިންގެ ޓީމްއެއް ފޮނުވައިފިއެވެ. ހެލްތް އެމަޖެންސީ ...

ބާސާގެ ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއާ ކުލަބުން ބޭރުކުރުމަށް ނޯކޮންފިޑެސް ވޯޓެއް ނެގުމަށް ކުލަބުންގެ މެންބަރުން މަސައްކަތް ފަށާފަވާކަމަށް ބާސެލޯނާގެ ...

ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލިސްގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ. ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ...