ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި

އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެމެރިކާއިން ހަދިޔާކުރި 128،600 ޑޯޒް ފައިޒާ ވެކްސިން ދޭނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި މާބަނޑު މީހުންނާއި ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ އަދި ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއީއެފްއައި ކޮމެޓީން ލަފާދީފައިވާ މީހުންނާއި ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެ މީހުން ކިޔަވަންދާ ގައުމުގައި ހަމައެކަނި ފައިޒާ ގަބޫލުކުރާ ބަޔަކަށް ކަމަށެވެ

މީގެ ތެރޭގައި ހިމެނޭ މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ފައިޒާ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް އިހުތިޔާރު ކުރެވިދާނެ ކަމަށާއި މާބަނޑު މީހުންގެ ތެރެއިން އެއްވެސް ޑޯޒެއް ނުޖަހާ މީހުން ޖަހާނީ ފައިޒާ ވެކްސިން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސުކޫލުގައި އުޅޭ ކުދިން އަދި މިދިޔަ ދިރާސީ އަހަރު ގުރޭޑް 10 ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސުކޫލުތަކުގައި ކަމަށެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ގޮތުގައި ނުހިމެނޭ ކުދިންނާއި މާބަނޑު މީހުން ފައިޒާ ވެކްސިން ޖެހުމަށް ވެކްސިން ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ވަނީ އަންގާައިއެވެ.

މާލެ ސަރަހައްދުގައި މާދަމާ ފައިޒާ ވެކްސިން ދޭން ފަށާއިރު އާންމުންނަށް ހާއްސަ ވެކްސިން ސެންޓަރުތަކަކީ އިސްލާމީ މަރުކަޒާއި ހުޅުމާލެ ހޮސްޕިޓަލެވެ.

އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ހެނދުނު 9:00 ހަވީރު 4:00 އަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ދޭނީ މެންދުރު 1:00އިން 4:00 އަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ...

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފި

އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ. އަތޮޅުތަކުގެ ...

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފި

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު ކުޅުދުއްފުށި ސިޓީގައި ބާއްވަން ނިންމައިފިއެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ ...