އައްޑޫ ސިޓީން އިތުރު ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އައްޑޫސިޓީން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް ނެގުނު 113 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 4 މީހުންނެވެ.  މިހަތަރު މީހުންނަކީވެސް ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ޕޮޒިޓިވްވެފައިވާ މީހުންކަމަށްވެސް އައްޑޫ ހޮސްޕިޓަލުންވަނީ ހާމަކޮށްފައެވެ.

އައްޑޫސިޓީން  މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު ހަތަރު ކޭސްގެ ތެރެއިން ދެ ކޭސް މަރަދޫ އިން ފެނިފައިވާއިރު އަނެއް ދެ ކޭސް ފެނިފައިވަނީ މަރަދޫފޭދޫންނެވެ.

އައްޑޫސިޓީގެ މަރަދޫގައި ކޮވިޑްބަލީގެ 79 މީހުން ތިބިއިރު  ހިތަދޫގައި ތިބީ ފަސްމީހުންނެވެ. އަދި  ފޭދޫގައި ހަމީހުން ތިބިއިރު މަރަދޫފޭދޫގައި ތިބީ  11 މީހުންނެވެ.

އެހެންކަމުން މިވަގުތު އައްޑޫގައި އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 101 މީހުންނެވެ

އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 562 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ދެ މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ...

2023 ގައި ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތައާރަފުކުރެވޭނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ...

މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެ

މާލޭގެ ގެއަކުން މަރުވެ ގިނަ ދުވަސްވެފައިވާ ޒުވާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލެ ގަލޮޅު ގެއަކުން ކުނި ...