އައްޑޫ ސިޓީން އިތުރު 23 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިއްޔެވެސް 23 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ.

އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ހާމަކޮށްފައިވާގިތުގައި 12/8/2021 ގެ 18:00 ން  13/8/2021 ގެ 18:00 އާއި ހަމައަށް  ފެނުނު 23 ކޭސްގެ ތެރެއިން 19 ކޭސް ފެނިފައިވަނީ މަރަދުންނެވެ.  2 ކޭސް މަރަދޫފޭދުން ފެނިފައިވާއިރު 2 ކޭސް ހިތަދުންވެސް ފެނިފައިވެއެވެ.  މީގެތެރޭގައި ހިމެނެނީ ފްލޫ ކުލިނިކަށް ދައްކައިގެން ޕޮޒިޓިވްވި މީހަކާއި  ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވި 20 މީހެއްގެ އިތުރަށް  ފުލޫކުލިނަކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވާ މީހެކެވެ

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި ކޮވިޑް 19 ގެ  79 ކޭސްއެވެ.  އުޅޭއިރު، ހިތަދޫގައި ފަސް ކޭސް، ،  ފޭދޫގައި ހަ ކޭސް، އަދި މަރަދޫފޭދޫގައި ނުވަ ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ރެންޑަމް ސާމްޕަލްތަކާއި ފްލޫ ކުލިނިކަށް ދައްކައިގެން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދިޔަކަމުގައިވިޔަސް ގުޅިފައިވާ ރަށްތަކުގައި މޮނިޓަރިންގ ގެހާލަތު ވަނީ އުވާލާފައެވެ

އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 556 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ. އަދި މިވަގުތު ދެމީހަކަށް ހޮސްޕިޓަލްގައި އެޑްމިޑްކޮށްގެންދަނީ ފަރުވާ ދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ...

ކޮވިޑް19 – ކުޅުދުއްފުށި: އޭޕްރީލް 1 ގެ ފަހުން ދަތުރުކޮށްފައިވާ މީހުން ނުކުމެ އުޅުން މަނާކޮށްފި

ކުޅުދުއްފުއްޓަށް އޭފްރީލް 1 ވަނަ ދުވަހުންގެ ފަހުން ދަތުރުކޮށްފައިވާ މީހުން އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުކުމެ އުޅުން ...

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...