ހިޔާނާތުގެ މައްސަލައިގައި ޖަލަކަށް ނުލެވޭނެ, ދައުވާކޮށްފިނަމަ ދައުލަތް “އޮރިޔާން“ ވާނެ: މަހުލޫފު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ދައުވާ ކޮށްފިނަމަ ދައުލަތް އޮރިޔާން ވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން އޭނާ ހުންނަވަނީ ސަސްޕެންޝަންގަ އެވެ.

ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމަށްފަހު އޭސީސީން ބުނީ, ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ފައިސާއަކީ އަހުމަދު އަދީބު, މަހުލޫފަށް ދީފައިވާ ރިޝްވަރުގެ ފައިސާކަން ތަހުގީގަށް އެނގޭ ކަމަށްވެސް ބުންޏެވެ.

”ވަގުތު“ އޮންލައިނުން ކުލަބްހައުސްގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ, އޭނާގެ މައްޗަށް ހިޔާނާތް ސާބިތުވާ ވަރަށް ހެއްކެތް ނެތް ކަމަށާއި މިހާރު ކުރާ ހުރިހާ ކަމަކީވެސް ނުފޫޒާއި ބާރު ބޭނުންކޮށްގެން އޭނާ މަގާމުން ވަކިކުރުމަށް ކުރާ ކަންތައް ކަމަށެވެ.

މަހުލޫފު ވިދާޅުވީ, މި މައްސަލައިގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މައްސަލައިގައި ދައުވާ އުފުލައިފިނަމަ, ނުކުންނަން ޖެހޭނީ ދައުލަތް ”އޮރިޔާން“ ވެގެން ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑަށް ޔަގީން ޖަލަކަށް ނުލެވޭނެ މި މައްސަލައަކު. އެންމެ ބޮޑު ވަރަކަށް ކުރެވޭނެ ކަމަކީ އަޅުގަނޑުގެ މަގާމު ގެއްލުވާލުން. އިތުރު އެއްވެސް ކަމެއް ނުވާނެ“ މަހުލޫފް ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ މާބަނޑު މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ...

އަލާމާތެއް ނެތް ނަމަ ޕޮޒިޓިވްވާ މީހުންގެ ކަރަންޓީން މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އަލާމާތެއް ނެތް މީހުންގެ ކަރަންޓީނުގެ މުއްދަތު ކުރު ކުރުމަށް ހެލްތު ...

ނޫރައްދީން އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައިފި

އެމްޑީޕީގެ ފަރާތުން މީދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމި މީދޫގެ މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އަލީނޫރައްދީން އެމްޑީޕީގެ ...