މަރަދޫފޭދުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތަކާއި މީދޫގެ ބަޔަކު ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަންބަލީ

މަރަދޫފޭދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ބައެއް ފަރާތްތަކާއި މީދޫގެ ބަޔަކު ޑައިރެކްޓް ކޮންޓެކްޓްވެފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިގޮތައް ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ފަރާތްތައް ބަލާ އެފަރާތްތައް ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. އެހެންނަމަވެސް ހުޅުމީދޫ ސިއްހީމަރުކަޒުގެ ޕަބްލިކްހެލްތު ސެކްޝަނުގެ ބޭފުޅަކަށް ގުޅައިގެން މިމައުލޫމާތު އޮޅުން ފިލުވުމަށް މަސައްކަތްކުރުމުން އެފަރާތުން ވިދާޅުވީ ތިމައުލޫމާތަކީ އެފަރާތައް ލިބިފައިވާ މައުލޫމާތެއް ނޫންކަމަށެވެ.

އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ހާމަކޮށްފައިވާގިތުގައި 11/8/2021 އިން 12/8/2021 ގެ ހަވީރު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 18 ކޭސްގެ ތެރެއިން 16 ކޭސް ފެނިފައިވަނީ މަރަދުންނެވެ.  1 ކޭސް މަރަދޫފޭދުން ފެނިފައިވާއިރު 1 ކޭސް ހިތަދުންވެސް ފެނިފައިވެއެވެ.  މީގެތެރޭގައި ހިމެނެނީ މީގެތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނުގައި ހުރިމީމހަކާއި  ފްލޫ ކުލިނިކަށް ދެއްކި މީހެއްގެ އިތުރަށް  ސޯޅަ ޑައިރެކްޓް ކޮންޓެކްޓުންނެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި ކޮވިޑް 19 ގެ  64 ކޭސްއެވެ.  އުޅޭއިރު، ހިތަދޫގައި ތިން ކޭސް، ،  ފޭދޫގައި ހަ ކޭސް، އަދި މަރަދޫފޭދޫގައި ހަތް ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ރެންޑަމް ސާމްޕަލްތަކާއި ފްލޫ ކުލިނިކަށް ދައްކައިގެން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދިޔަކަމުގައިވިޔަސް ގުޅިފައިވާ ރަށްތަކުގައި މޮނިޓަރިންގ ގެހާލަތު ވަނީ އުވާލާފައެވެ

އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 556 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ. އަދި މިވަގުތު ދެމީހަކަށް ހޮސްޕިޓަލްގައި އެޑްމިޑްކޮށްގެންދަނީ ފަރުވާ ދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަންނީ މީހުން ބިނާ ކުރަން އެމްޕީއެލް އާއި ހަޔާ އެޑިއުކޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ހުނަރުވެރި، ފަންނީ މީހުން ބިނާކުރުމުގެ އެއްބަސްވުމެއްގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ. މިއަދު ...

އައްޑޫ ސިޓީގައި 25 މިލިޔަން ރުފިޔާގެ މަޝްރޫޢުވަނީ ހިންގާފައި – މިނިސްޓަރ

މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ ދާއިރާއިން އައްޑޫ ސިޓީގައި 25 މިލިޔަން ...

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ...