އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިއަހަރު ކުރިއަށް ގެންދިޔަ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް ނަތީޖާތައް މިއަދު ހެނދުނު 10:00 އިން ފެށިގެން އިމްތިހާން ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ. އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާތައް މިއަދު މެންދުރުފަހު 1:00 އަށް ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ.

އިމްތިހާނުގެ ނަތީޖާތައް ދަރިވަރުންނަށް ދޫކުރުމުގެ މަސައްކަތް ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައި ވަނީ މޭ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އިމްތިހާން ކުރިއަށް ގެސްގޮސްފައި ވަނީ މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަސްވާރުގެ ބަދަލުގައި “ހޭވައްލާ” ޕްރޮގްރާމް ފަށައިފި

ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ކުރިން ހިންގަމުން އައި ދަސްވާރު ޕްރޮގްރާމްގެ ބަދަލުގައި “ހޭވައްލާ”ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި  ...

އިރުޝާދިއްޔާ ބަލިކޮށް ޝަރަފުއްދީން ފައިނަލަށް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގެ ފައިނަލަށް  ޝަރަފުއްދީން ސްކޫލް ...

އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...