އެމެރިކާއިން ރާއްޖެއަށް ފައިޒަރ ވެކްސިންގެ އެއްލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފި

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ ޑޯޒްގެ ފައިޒާ ކޮވިޑް-19 ވެކްސިން ހަދިޔާކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، އަހުމަދު ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ  މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ހަދިޔާ ކުރި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުއްވީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ކޮވިޑް-19ގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީއަކީ އެކަށީގެންވާ ގޮތެއްގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ސަރުކާރަށް މުހިއްމު އެހީތަކެއްކަން ފާހަގަކުރައްވައި އެމެރިކާ ސަރުކާރަށް ނަސީމުވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ދިވެހިރާއްޖެއަށް 5.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ. އެގޮތުން 2 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީ.ޕީ.އީ (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) އާއި ޕީ.ސީ.އާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެއެވެ. އަދި އައި.އޭ.އީ.އޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށްވެސް އެހީ ފޯރުކޮށްދީފައިވެއެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީ، ޑަބްލިޔު.އެޗް.އޯ ރެޕްރެޒެންޓޭޓިވް ޑރ ނަޒްނީން އަންވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާ ސީޕްލޭން ޓާމިނަލްއިން ބައެއް ޓީއެމްއަށް ދޭން ރައީސް ނަޝީދު ވެސް ތާއިދު ކުރައްވައިފި

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ...

ހިތަދޫއާއި ހުޅުދޫ މީދޫއާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށައިފި

ހިތަދޫއާއި ހުޅުދޫ އަދި މީދޫއާއި  ދެމެދު ކާގޯ ފެރީގެ ހިދުމަތް ދިނުން އަމިއްލަ ފަރާތަކުން ފަށައިފި އެވެ. ކާގޯ ...

ފޮޓޯއިން ޚަބަރު : “ފެހިމީދޫ ” މިޝިޢާރުގެ ދަށުން ކުރިއަށް ގެންދެވުނު ގަސްއިދުން

މަތީގައިވާ ފޮޓޯއާއި ތިރީގައި ވާ ފޮޓޯތަކުން ފެނިވަޑައި ގަންނަވަނީ ” ފެހި މީދޫ” މިޝިއާރުގެ ދަށުން މީދޫ ނަލަފެހި ...