ފެނަކަ “ފުނަރު” ޕްރޮގްރާމްގެ ފުރަތަމަ އިމްތިހާން މިލަންދޫގައި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އެކި ރަށްރަށުގައި ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ފުނަރު)ގެ ފުރަތަމަ އިމްތިހާން ށ. މިލަންދޫގައި ބާއްވައިފިއެވެ

ފެނަކައިން ހާމަކޮށްފައިވާގޮތުން އެ ޕްރޮގްރާމް ޖުމްލަ 7 ރަށެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅިގެން، ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުމުން، ބައެއް ރަށްރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރޮގްރާމް މެދުކަނޑާލަން ޖެހުނުކަމަށާއި އެހެން ކަމުން އަދި އެހެން ރަށްރަށުގައި އެ ޕްރޮގްރާމްގެ އިމްތިހާނު ކުރިއަށް ނުގެންދެވޭ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން، އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތް ތަކާއި، މެކޭނިކަލް މަސައްކަތްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ދައްކޮށްދޭނެއެވެ.

އޭގެ އިތުރުން، އެ މަސައްކަތްތައް ކުރާއިރު ސަލާމަތީގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކާއި، އެކިއެކި ޓޫލްސްތައް ބޭނުން ކުރާނެ ގޮތްވެސް ދަސްކޮށްދޭނެ ކަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ

ފޮޓޯ: ފެނަކަ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް ވާދަކުރައްވާނެ ބޭފުޅަކަށް ނިޒާރު ހޮވިއްޖެ

އެމްޑީޕީގެ ޓިކެޓުގައި  ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީގެ މޭޔަރުކަމަށް ވާދަކުރާނެ ބޭފުޅަކަށް  ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް ...

ޝިފާޒް ވަކިކުރަން ނިންމީ ޕީޖީ ގުރޫޕުންވެސް އެދިގެން: ރޮޒައިނާ

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވަކިކުރީ އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް އެދިގެންކަމަށް އައްޑޫ ...

އޯޑިއޯތައް ތައްޔާރުކުރި ބަޔަކު ބެލުން ވަރަށް މުހިންމު: ރޮޒޭނާ

ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ތައްޔާރު ކުރި ބަޔަކީ ކޮންބައެއްކަން ...