ސިޔާސީ މައިދާނުން ފެނިދާނެކަމަށް ޕްރޮފެސަރު އުގެއިލް ވިދާޅުވެއްޖެ

މުސްތަޤުބަލުގައި ސިޔާސީ މައިދާނުން ފެނިދާނެކަމަށް ޕްރޮފެސަރު ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިކަން ހާމަކުރެއްވީ ރ.މީދޫ ”ޒުވާނުންގެ އުންމީދު“ ޖަމްޢިއްޔާއިން ކްލަބް ހައުސްގައި ބޭއްވި ފޯރަމެއްގައެވެ.

ޤައުމީ ބޮޑެތި މައްސަލަތަކުގައި އަޑުއުފުއްލަވަމުން ގެންދަވާ އުގެއިލް ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، އޭނާއަކީ ދިވެހިންނާއި ދުރުގައި ހުންނެވި ބޭފުޅެއްނޫން ކަމަށެވެ.

އެ ގޮތުން ބޭރުގައި ހުންނެވިކަމުގައިވިޔަސް، ކުދިންނަށް އުނގަންނައިދެއްވައި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާކަން އުގެއިލް ފާހަގަކުރެއްވިއެވެ. އަދި ޤައުމަށް ކުރިއެރުން އެދިގެން އަބަދުވެސް ޚިދުމަތްކުރައްވާކަން ވެސް ފާހަގަކުރެއްވިއެވެ.

”ކުރިއަށް އޮތް ތަނުގައި ސިޔާސީ މައިދާނުން ފެނިދާނެ.“ އުގެއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އުގެއިލް ވަނީ ޤައުމު ބިނާކުރުމަށްޓަކައި ތަޢުލީމީ ބޭފުޅުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅިވަރަށް ޚިދުމަތްކުރުމުގެ އަގުވަޒަންކޮށް ދެފަރާތަކަށް ހަނދާނީ ލިއުން ދެއްވައިފި

ހިލޭސާބަހަށް މަސައްކަތްކުރާ މީހުންގެ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މީދޫ އަވަށު އޮފީހުން ބޭއްވި ޚާއްސަ ހަފްލާގައި މީދުއަށް ކުޅިވަރުގެ ...

އުރީދޫގެ އާ ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ހާއްސަ ކެމްޕެއިނެއް ފަށައިފި

އުރީދޫއިން އަލަށް ތައާރަފު ކޮށްފައިވާ ޕޯސްޓްޕެއިޑް ޕެކޭޖުތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. އުރީދޫގެ ...

ކޮވިޑް-19: ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ މައްޗަށް – މަރުވި މީހުންގެ އަދަދު 95000 އަށްވުރެ މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން  އިއްޔެ ނިޔަލަށް 1603073 މީހުންނަށް ޖެހިފައިވާއިރު ...