އޮލިމްޕިކްސްގެ ފިރިހިނެނުންގެ ފުޓްބޯޅަ: ސްޕެއިން ބަލިކޮށް ބްރެޒިލް ގޯލްޑް މެޑަލް ހޯދައިފި

ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ ފިރިހެނުންގެ ފުޓްބޯޅައިގެ ގޯލްޑް މެޑަލް ބްރެޒިލް ހޯދައިފިއެވެ.

ބްރެޒިލް ގޯލްޑްމެޑަލް ހޯދާފައިވަނީ މިއަދު ކުޅެވުނު ގޯލްޑްމެޑަލް މެޗްގައި   2 ލަނޑު 1 ލަނޑުން ސްޕެއިން ބަލިކޮށްފައެވެ.

މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީވެސް ބްރެޒިލް ޓީމުންނެވެ. ބްރެޒިލް ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފްގެ 45 މިނިޓްގެ ކުޅުން ނިމިގެން ކުޅުވި އިތުރުވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަޓެއަސް ކޫނިއާއެވެ.

ސްޕެއިންއިން މިމެޗްގައި ކާމިޔާބުކުރި ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗްގެ 61 ވަނަ މިނިޓްގައެވެ. ސްޕެއިންއިން ކާމިޔާބުކުރި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އޮޔާޒަބާލްއެވެ.

މިމެޗްގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެޓީމް 1-1 އިން އެއްވަރުވެފައި އޮތުމުން ކުޅެވުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ކުޅުން ނިމުނީވެސް 1-1 އިން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. މިމެޗުން ބްރެޒިލް މޮޅުވެ ގޯލްމެޑަލް ހޯދި ލަނޑު އެޓީމުން ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގެ ދެވަނަ ހާފްގައި ( މެޗްގެ 108 ވަނަ މިނިޓް ) ގައެވެ.

ބްރެޒިލްއަށް ގޯލް މެޑަލް ކަށަވަރުކޮށްދިން މިގޯލް ކާމިޔާބުކޮށްދިނީ މެލްކަމްއެވެ.

ސްޕެއިންބަލިކޮށް ބްރެޒިލުން ގޯލްޑް މެޑަލް ހޯދިއިރު އެންމެ ފަހުން ބޭއްވުނު އޮލިމްޕިކްގައިވެސް ފިރިހެނުންގެ ފުޓްބޯޅައިން ގޯލްޑް މެޑަލް ހޯދާފައިވަނީ ބްރެޒިލްކަން ފާހަގަކޮށްލަންޖެހެއެވެ.

ސްޕެއިން ފައިނަލްމެޗްގައި ބަލިވެ ރިހިމެޑަލް ލިބިފައިވާއިރު މެކްސިކޯއިން ޖަޕާން ބަލިކޮށް ލޯމެޑަލްވަނީ ހޯދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭމާގެ ސޮއި ހޯދަން ބޭނުންވާނަމަ އެކަން އޯގަސްޓް 8 ގެކުރީން ނިންމުމަށް ޕީއެސޖީންވަނީ ބާސާއަށް އަންގައިފި

އޯގަސްޓް 8 ގެކުރީން ޕީއެސްޖީއަށް ކުޅެމުންއަންނަ ނޭމާގެ ސޮއި ބާސާއަށް މަޖުބޫރު ވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ...

ޝަމްސުއްދީން ސްކޫލާއި ފޭދޫ ސްކޫލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

އައްޑޫސިޓީ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 14 އަހަރުން ދަށުގެޓީމް ކުޅުނުމެޗް އެއްވަރުވެގެން ނިމިއްޖެވެ. ...

އެމްބާޕޭ ރެއާލްއަށް ، ރެއާލުން ހަޒާޑު ވިއްކާލަނީ

އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން ހަޒާޑް އާއި އިތުރު ކުޅުންތެރިންތަކެއް ވިއްކާލަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ...