އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ރަންމެޑަލް ކެނެޑާއަށް

މިހާރު ޖަޕާނުގެ ގައި ކުރިއަށް ގެންދާ ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ އަންހެނުންގެ ފުޓްބޯޅަ ގެ ރަންމެޑަލް ކެނެޑާ ހޯދައިފިއެވެ.

ކެނެޑާ ރަތްމެޑަލް ހޯދާފައިވަނީ އިއްޔެ ކުޅެވުނު ފައިނަލްމެޗްގައި  ޕެނަލްޓީގައި ސްވިޑެން ބަލިކުރުމަށްފަހުގައެވެ.

ކެނެޑާއަކީ އެންމެ ފަހުން ބޭއްވުނު ތިން އޮލިމްޕިކުގައިވެސް ތިންވަނަ ހޯދާފައިވާޓީމެވެ.

ޖަޕާނުގެ ޔޮކޮހަމާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު،  1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެފައިވުމާއިއެކު، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އަދި އިތުރު ވަގުތުގެ ދެހާފް ނިމުނުއިރުވެސް 1-1 އިން ދެޓީމް އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ކެނެޑާ ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

އިއްޔެ ކުޅުނު ފައިނަލްމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސްވިޑްންއެވެ. އަދި މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީވެސް ސްވިޑުންނެވެ. އެއީ މެޗްގެ   މެޗްގެ 34 ވަނަ މިނެޓްގައެވެ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓިނާ ބްލެކްސްޓެނިއަސްއެވެ.

މިމެޗްގައި ކެނެޑާއިން އެއްވަރު ކުރި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޖެސީ ފްލެމިންގއެވެ.

Next: އޮލިމްޕިކްސްގެ ފިރިހިނެނުންގެ ވޮލީ: ބްރޯންޒް މެޑަލް ބްރެޒިލް ބަލިކޮށް އާޖެންޓީނާ ހޯދައިފި