ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ގޯސް!

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ، ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މި ސަރަހައްދައް އެލާޓް ނެރެފައި ވަނީ މިރޭ 20:30 އާއި ހަމައަށެވެ.

ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުނު އެލާޓްގައި ބުނީ، ގަޑިއަކު 22 މޭލާއި 27 މޭލުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މި ސަރަހައްދުތަކަށް މިރެއާއި ހަމައަށް އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ އައިސް ދަފްތަރުގައި ޖެހުނު މީހުންނަށް ގޯތި ދިނުމުގެ ވިސްނުމެއް ނެތް: އަސްލަމް

މާލެ އައިސް ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ...

ތަށިބަރި ބަދަލު ކުރުމަކީ އެއްގެއިން އަނެއް ގެއަށް ބަލި ޓްރާންސްފާ ކުރުން: ޑރ. އަފްޒަލް

އެއް ގެއިން އަނެއް ގެއަށް ތަށި ބަރި ގެންދަމުން ދާކަން ފާހަގަ ކުރެވޭ ކަމަށާއި އެއީ މި ދުވަސްކޮޅު ...

މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފިއި

ރަށްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާއިރާގެ އެމްޑީޕީ ޕްރައިމަރީ ރޮޒެއިނާ އާދަމް ކާމިޔާބު ކުރައްވައިފިއެވެ. މިހާރުވެސް މީދޫ ދާއިރާގެ ...