ކުއްލި ނުރައްކާ އިއުލާން ކުރަން ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްކޮށްފި

advertisement

ރާއްޖޭގައި ކުއްލި ނުރައްކާ އިއުލާންކޮށް ހަރުކަށި ފިކުރައް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ސަރުކާރަށް ގޮވާލައި ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކޮށްފިއެވެ.

އެހެންނަމަވެސް ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވީ ރައީސް ނަޝީދަށް ތާއިދުކުރާ ބޭފުޅުން އެކަންޏެވެ. .

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދާއިރާތަކުގެ ރައީސުންގެ އިތުުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނެއެވެ. ނަމަވެސް މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހަށް ތާއިދުކުރާ އެއްވެސް މަޖިލިސް މެންބަރަކު ބައިވެރިއެއް ނުވެއެވެ. އަދި އެއްވެސް ވަޒީރަކު ވެސް ޖަލްސާގައި ބައިވެރިއެއް ނުވެއެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިކަން ކުރެވޭނެ. ވެދިޔަތަން އަޅުގަނޑު ދަންނަވާނީ އެ ވެ ދިޔައީ އޭ. ދެން އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރަން އެންމެ މުހިއްމީ ކުރިައަށް އޮތް ތަނުގައި މިބާވަތުގެ ކަންކަން ވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން،“

ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ގަރާރު ހުށަހަޅައްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ މަސައްކަތްކުރުމަށް ޖާގަ ހޯދުމަށް ހުށަހެޅުއްވި ގަރާރެއް ކަމަށާއި އެ ޖާގަ ލިބުމުން އެ މީހުން ހައްޔަރުކޮށް މާ ހަރުދަނާ މަސައްކަތްތަކެއް ފުލުހުންނަށް ކުރެވޭނެ ކަމަށެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިކަން ކުރެވޭނެ. ވެދިޔަތަން އަޅުގަނޑު ދަންނަވާނީ އެ ވެ ދިޔައީ އޭ. ދެން އަޅުގަނޑުމެން ހޯދަން މަސައްކަތް ކުރަން އެންމެ މުހިއްމީ ކުރިައަށް އޮތް ތަނުގައި މިބާވަތުގެ ކަންކަން ވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެރަރިސްޓުން ހައްޔަރު ކުރުމަށް ގޮވާލާ ރައީސް ނަޝީދު ގަރާރެއް ހުށަހަޅުއްވާފައި މި ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މެއި 6، ގައި ބަޔަކު ދިން ބޮމުގެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށްފަހު އެވެ.

އޮންލައިންކޮށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާއަށް އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނަޝީދު ހުށަހެޅުއްވި ގަރާރު ފާސްވީ 39 މެމްބަރުންގެ ވޯޓުންނެވެ. ގަރާރެއް ފާސްކުވުމަށް ބޭނުންވާ ކޯރަމަކީ 37 ވޯޓެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރަށްވަން ނިންމަވައިފައިފިއެވެ. އެމްޑީޕީން ހާމަކޮށްފައިވާގޮތުން ...

ކޮވިޑް-19 : ށ. މިލަންދޫ ކަރަންޓީނު ކޮށްފި

ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ. މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ...

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ...