ފުވައްމުލަކުގައި ޕީސީއާރު ޓެސްޓް ކުރެވޭގޮތް ހަދައިިފި

ފުވައްމަލު ސިޓީގެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރެވޭ ޕީސީއާރް މެޝިނެއް ބަހައްޓައިފިއެވެ.

ވައްމުލަކު އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ ކޯވިޑަށް ޓެސްޓް ކުރެވޭ ޕީސީއާރް މެޝިން ބަހައްޓައި އިއްޔެ ހިދުމަތް ދޭން ފަށައިފައިވާ ކަމަށާއި މިހާރު އެ ހޮސްޕިޓަލުން 80 ސާމްޕަލް ކޮވިޑަށް ޓެސްޓް ކުރެވޭނެ ކަމަށެވެ. މީގެ ކުރިން ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓް ކުރަމުން ދިޔައީ އައްޑޫ އާއި މާލެއަށް ސާމްޕަލް ފޮނުވައިގެނެވެ.

ފުވައްމުލަކު ސިޓީން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 819 އަށް އަރައިފައިވާއިރު އިއްޔެ ވެސް ވަނީ ފަސް މީހަކު ޕޮޒިޓިވްވެފައެވެ. ކޯވިޑް ފެތުރޭތީ މިދިއަ އެޕްރީލް މަހުން ފެށިގެން ފުވައްމުލައް އަދިވެސް އޮތީ މޮނިޓަރިންގައެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުގައި ކޯވިޑަށް ޓެސްޓު ކުރަމުން އައީ ޖީން އެކްސްޕާޓް މެޝިނުންނެވެ. އެ މެޝިނުން ޓެސްޓު ކޮންމެ ދުވަހަކުވެސް ޓެސްޓު ކުރެވެނީ ހަތަރު ޓެސްޓެެވެ..

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: އައްޑޫގައި ކަރަންޓީން ވެގެން ހުރި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ވަގުތު އޮންލައިނުން ގެނެސްދީފައިވާ ޚަބަރެއްގައި ހާމަކޮށްފައިވާގޮތުން ކޮވިޑް-19 ...

އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 3 މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ސިޓީން އަލަށް ނެގުނު 331 ސާމްޕަލްތަލުގެ ...

ކޮވިޑް-19: އިތުރު 140 މީހަކު ޕޮޒިޓިވްވެއްޖެ

މިއަދު ރާއްޖެއިން 140 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ...