ޕާޓީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށް އެމްޑީޕީގެ ޒުވާނުން ގޮފިން ސަރުކާރަށް ގޮވާލައިފި

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށް އެޕާޓީގެ ޒުވާނުން ގޮފީހެ ފަރާތުން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީގެ ޒުވާނުން ގޮފީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެޕާޓީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާ ނުޖެހުމަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީ އިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީ އިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެންކަން ޒުވާނުން ގޮފީގެ ބަޔާނުގައިވެއެވެ.

“އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މިޕާޓީގެ ޒުވާނުންގެ ހިއްވަރުން ދެކެމެވެ،” ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާ އަށްވުރެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, އެޕާޓީ އިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމަށް ވީހިނދު, ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް އެޕާޓީގެ ޒުވާނުންގެ ގޮފިން ގޮވާލާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު ...

ކޮވިޑް 19: މިއަދު ހުޅުދޫ އާއި މީދުން ޕޮޒިޓިވްވެފައިވަނީ އެކަކު

އިތުރު 1 އެކަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ...

ޕޮޒިޓިވްވާ ދިވެހިންގެ ތެރޭގައި ހައިރިސްކް މީހުންނާ ގިނަ ކުޑަކުދިން، ވިސްނާކަށް ނުވޭތަ؟

އިއްޔެ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ 7 ކުއްޖަކާއި 50 އަހަރުން މަތީގައި 21 ...